ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް – ކާމިޔާބުކަމާއެކު މެދުކެނޑުމެއްނެތި 16 އަހަރު

ކޮންމެ އަހަރަކު ވެސް ދިރާގުން ކުރިއަށްގެންދާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު މެދުކެނޑުމެއްނެތި 16 އަހަރު ކުރިއަށް ގެންގޮސް، މި ޕްރޮގްރާމްގެ 2025ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއ...

02 Feb 2026 | 10:27
N/A

N/A

ކޮންމެ

އަހަރަކު ވެސް ދިރާގުން ކުރިއަށްގެންދާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް

ކާމިޔާބުކަމާއެކު މެދުކެނޑުމެއްނެތި 16 އަހަރު ކުރިއަށް ގެންގޮސް، މި ޕްރޮގްރާމްގެ

2025ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި

ގޮތުން، 2025 ވަނަ އަހަރު މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމި 15

އެޕްރެންޓިސްއަކަށް މި ރަސްމިއްޔާތުގައިވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

މި

ރަސްމިއްޔާތުގައިވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެމި ރަސްމިއްޔާތު

ޝަރަފުވެރިކޮށްދެއްވައިފައިވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް

ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދުއެވެ. އަދި، މި

ރަސްމިއްޔާތުގައި ދިރާގުގެ ބޯޑް އަދި މަނޭޖްމަންޓްގެ ބޭފުޅުންގެ އިތުރުން ތައުލީމީ

މުއައްސަސާތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދިރާގު

އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ ވަޒީފާއަދާކުރުމުގެ ހުނަރު

ތަރައްގީކުރުމަށް ދޭ އިސްކަމުގެ ދަށުން އެ ކުންފުނިން ހިންގާ އެންމެ މުހިންމު އެއް

ސީ.އެސް.އާރު ޕްރޮގްރާމެވެ. އަދި، މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފްކުރި

މި ފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ވެސް މެއެވެ. 2009 ވަނަ

އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ވިދިވިދިގެން ކޮންމެ

އަހަރަކު ހިންގަމުން އަންނައިރު، މިއަދުގެ ނިޔަލަށް ޖުމްލަ 312 ޒުވާނުން ވަނީ މި

ޕްރޮގްރާމްގައި ބައިވެރިވެފައެވެ.

މި

ރަސްމިއްޔާތުގައި އެ ކުންފުނިން ވަނީ 25 ބައިވެރިންނާއެކު ދިރާގު އެޕްރެންޓިސްޝިޕް

ޕްރޮގްރާމްގެ 17 ވަނަ ބެޗަށް ވެސް މަރުހަބާ

ކިޔައިފައެވެ. ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމަކާއި ސޮފްޓް ސްކިލްސް

ޑިވެލޮޕްމަންޓް ޓްރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑު ގިނަ ވިޔަފާރީގެ

ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާ މި ޕްރޮގްރާމުގެ ސަބަބުން

އެޕްރެންޓިސުންނަށް ކާމިޔާބު ކެރިއަރަކަށް ދިއުމަށް މަގުފަހިވެގެން ދެއެވެ. އަދި

އެޕްރެންޓިސުންނަށް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު

ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު

ލިބިގެންދާނެއެވެ.

މި

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަލްސާގެ ޝަރަފުވެރި މެހެމާނު، މިނިސްޓަރ

އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު

އަޙްމަދު ފާހަގަކުރެއްވި ގޮތުގައި، މަސައްކަތްތެރިކަމާ ގުޅޭގޮތުން ތަމްރީނު

ދިނުމުގައި ވާތުވެދިޔަ 17 އަހަރު ދުވަހުގެ ތެރޭގައި ދިރާގުގެ އެޕްރެންޓިސްޝިޕް

ޕްރޮގްރާމުން ވަނީ ނަމޫނާ ދައްކައިފައެވެ. އަދި، ދިވެހި ޒުވާނުންގެ ހުނަރުވެރިކަމާއި

ފަންނުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ދިރާގުން ގެންގުޅޭ ބަދަލެއްނުވާ

ސިޔާސަތުތަކާއި އިސްތިރާޖްތަކުން ހުނަރުވެރި މަސައްކަތްތެރިންތަކެއް ވަޒީފާގެ

ބާޒާރަށް ނެރެދިނުމަށް ކެނޑިނޭޅި ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި

ވަނީ ޝުކުރުއަދާކުރައްވައިފައެވެ.

ދިރާގުގެ

ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިސްމާއިލް ރަޝީދު ވަނީ 2025ވަނަ އަހަރުގެ

ދަސްވެނިންނަށާއި މި އަހަރު އަލަށް ބައިވެރިވި އެޕްރެންޓިސުންނަށް މަރުހަބާ

ވިދާޅުވެފައެވެ. އަދި، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އެންމެ ބޮޑު

މަގުސަދަކީ ދިވެހި ޒުވާނުންނަށް މަސައްކަތުގެ މާހައުލުގެ ތަޖުރިބާއާއި ހުނަރު އަދި

މަސައްކަތުގެ އަހުލާގު ދަސްކޮށްދިނުން ކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން،

މި ޕްރޮގްރާމުން ލިބޭ ތަޖުރިބާތަކާއި ދަސްވާ ކަންކަމުގެ ބޭނުން ރަނގަޅުގޮތުގައި

ހިފައި، އެ ކަމުގެ ސަބަބުން ކެރިއަރ އިތުރަށް ތަރައްގީވެ، އިތުރު ކާމިޔާބީތައް

ހާސިލުކުރާނެކަމަށް އުންމީދުކުރައްވާކަމަށް ވަނީ ވިދާޅުވިއެވެ.

ދިރާގުން

އަންނަނީ ދިރާގު އެޕްރެނެޓިސްޝިޕް ޕްރޮގްރާމް މެދުވެރިކޮށް ޒުވާނުންގެ ހުނަރު

ތަރައްގީ ކުރުމަށްޓަކައި ހަރުދަނާ ތަމްރީނުތައް ގާބިލް މެނޭޖްމަންޓް ޓީމެއްގެ

އިރުޝާދުގެ ދަށުން ކުރިއަށް ގެންދަމުންނެވެ. ދިރާގުގެ އަމާޒަކީ ކުރިއަށް އޮތް

މުސްތަގްބަލުގައި ވެސް ރާއްޖޭގެ ޒުވާނުން ކުރިއެރުވުމަށް މިފަދަ އިތުރު ފުރުސަތުތައް

ފަހިކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް