N/A
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ
ދުވަސް ވާނީ މި ހިނގާ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހަށް ކަމުގައި އިންޓަނޭޝަނަލް
އެސްޓްރޯނޮމިކަލް ސެންޓަރ (ބައިނަލްއަގުވާމީ ނުޖޫމީންގެ އިދާރާ) އިން ލަފާކޮށްފިއެވެ.
އެ އިދާރާއިން އިއްޔެ ބުނެފައިވަނީ 17 ވަނަ ދުވަހު
ހަނދު ފެނުމުގެ ފުރުޞަތު އެއްވެސް ގޮތަކަށް އޮތް ކަމަށް ނުބެލެވޭ ކަމަށާއި
ނަމަވެސް 18 ވަނަ ދުވަހު ބައެއް ގައުމުތަކަށް ހަނދު ފެނުމުގެ ހަނި ފުރުޞަތެއް
އޮވެދާނެ ކަމަށެވެ.
އެހެންކަމުން ގިނަ ގައުމުތަކަށް ރޯދަ މަހުގެ
ފުރަތަމަ ދުވަސް ކަމުގައި ބެލުމުގެ ފުރުޞަތު އެންމެ ބޮޑީ ފެބްރުއަރީ 19 ކަމަށްވެސް
ބުނެފައިވެއެވެ.
އިންޓަނޭޝަނަލް އެސްޓްރޮނޯމިކަލް ސެންޓަރަކީ
1998ގައި އެކުވެރި އަރަބި އިމާރާތުގައި ގާއިމުކުރެވިގެންދިޔަ އިދާރާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް