ކައުންސިލު އިންތިޚާބުގައި ޕީއެންސީގެ ކެމްޕޭނު މެނޭޖަރު ކަމަށް ފަލާހް
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެމްޕޭނު މެނޭޖަރު ކަމަށް ފަލާހް ހަމަޖައްސައިފިއެވެ.
އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގައި އިނގުރައިދޫ ތަމްސީލުކުރައްވާ މެންބަރު އިބްރާހީމް ފަލާޙް ކެމްޕޭނު މެނޭޖަރަކަށް ހަމަޖެއްސިކަން އެ ޕާޓިން އިޢުލާނުކުރީ އެ ޕާޓީގެ ސޯޝަލް މީޑިއާ ރަސްމީ އެކައުންޓްތަކުން ކުރި ޕޯސްޓެއްގައެވެ.
މި ދެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ 2026 ވަނަ އަހަރުގެ މާރިޗް މަހުގެ 28 ވަނަ ދުވަހުގައެވެ.
އިންތިޚާބަށް ކުރިމަތިލުމަށް ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު ހުޅުވާލާނެއެވެ.