މުދައްރިސުންގެ ދުވަހު މުދައްރިސް ފައުޒީގެ ވާހަކަ
މިއަދު ފާހަގަކުރަމުންމިދާ މުދައްރިސުންގެ ދުވަހު ދުވަސް ނޫހުން މި ގެނެސްދެނީ އަދުގެ މުދައްރިސުންނަށް ޚާއްޞަ މެސެޖަކާއެކު ތަޢުލީމަށް ޚިދުމަތް ކުރުމުގެ ދާއިރާއިން 2004 ވަނަ އަހަރު ޢާންމުޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަދި 2023 ވަނަ އަހަރު ދިވެހި ދަޢުތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ހާސިލުކުރައްވާފައިވާ، މ. އޯކިޑްވާދީ، އިބްރާހިމް ފައުޒީގެ ވާހަކައެވެ. މިހާރު އުމުރުން 80 ގެ އަހަރުތައް ގުނަމުން އަންނަ އިބްރާހީމް ފައުޒީއަކީ، ދިވެހިރާއްޖެއިން ލިޔަންކިޔަން ދަތުން ފުހެލެއްވުމަށް 1980 ވަނަ އަހަރު ސަރުކާރުން ފެށްޓެވި އަސާސީ ތަޢުލީމުގެ މަޝްރޫޢުގައިވެސް ކިޔަވައިދެއްވައިފައިވާ ބޭފުޅެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާ ކުރުމަށްޓަކައި އުފެއްދެވި، ކީރިތި ޤުރްއާން ދިވެހިބަހުން ތަރުޖަމާކުރާ ކޮމިޓީގެ ސެކްރެޓެރީކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.