އިންތިޚާބު 26: ކޮބާ ކުރިމަތި ލީތަ – މިއީ ފަހު ދުވަސް

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބާއި ޑަބްލިއުޑީސީގެ އިންތިޚާބަށް ކެންޑިޑަސީ ހުށަހެޅުމުގެ ފުރުޞަތު މި ފެށުނު ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަސް (މިއަދު) ހަމަވާނެއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ...

31 Jan 2026 | 18:38
N/A

N/A

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބާއި

ޑަބްލިއުޑީސީގެ އިންތިޚާބަށް ކެންޑިޑަސީ ހުށަހެޅުމުގެ ފުރުޞަތު މި ފެށުނު ފެބްރުއަރީ

މަހުގެ ފުރަތަމަ ދުވަސް (މިއަދު) ހަމަވާނެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން

ބުނެފައިވާގޮތުގައި  މުއްދަތު މާދަމާ، 2026

ފެބުރުވަރީ 01 ވާ އާދިއްތަ ދުވަހުގެ ހަވީރު 05:30 އަށް ހަމަވާނެއެވެ.

އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އެ

ފަރާތެއްގެ އަމިއްލަ ވެރިފައިޑް އީފާސް އެކައުންޓް މެދުވެރިކޮށް މައި ޕޯޓަލް  my.elections.gov.mv މެދުވެރިކޮށް މާދަމާ ހަވީރު 05:30 ކުރިން

ފޯމު ހުށަހަޅަން ޖެއެވެ.  ފޯމު ހުށަހެޅުމުގެ

ސުންގަޑި މާދަމާ ހަމަވާއިރު ރޭގެ 8:00 ގެ ނިޔަލަށް، ލޯކަލް ކައުންސިލް އިންތިޚާބަށް

ކުރިމަތިލުމަށް އެދި 1,914 ފޯމު ވަނީ ހުށަހަޅާފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް

މަސައްކަތްކުރާ ކޮމިޓީއަށް 1,585 ފޯމު ވަނީ ހުށަހަޅާފައެވެ. ދެ އިންތިޚާބަށް އެއްކޮށް

ޖުމްލަ3,498 ފޯމު އީސީއަށް ލިބިފައިވާކަމަށް ބުނެފައިވެއެވެ.

އީސީއިން ފާހަގަކުރާ ގޮތުގައި އިންތިޚާބަށް ކުރިމަތިލުމަށް

އެދި ފޯމު ހުށަހެޅުން އޮންލައިން ނިޒާމަކަށް ބަދަލުކުރުމަކީ، އެ ކޮމިޝަނުން ފޯރުކޮށްދެމުންދާ

ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ޢާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ކޮމިޝަނުގެ ޚިދުމަތްތައް

ޑިޖިޓަލައިޒްކުރުމަށް ކުރެވުނު މަސައްކަތުގެ ބައެކެވެ. އެގޮތުން މައި ޕޯޓަލް މެދުވެރިކޮށް

ފޯމު ހުށަހެޅުމުގެ މި އައު ނިޒާމަށް ރައްޔިތުންގެ އިތުބާރުލިބި، އާންމުންގެ ފަރާތުން

ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރަމެވެ. މީގެ ކުރީގެ އިންތިޚާބުތަކާ އަޅާބަލާއިރު،

މިފަހަރު އިންތިޚާބުކުރާ މަޤާމުގެ އަދަދު މަދުވި ނަމަވެސް، ކުރިމަތިލާފައިވާ މީހުންގެ

ނިސްބަތް ކުރީގެ އަހަރުތަކަށްވުރެ އިތުރުކަން އީސީއިން ފާހަގަކުރެއެވެ.

އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށަހަޅާއިރު،

ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ކޯޓު ޙުކުމާ އެއްގޮތަށް އެ ދަރަނި ޚަލާސްކޮށްފައިވާކަން

ނުވަތަ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުންދާ ފަރާތެއްކަން އެނގޭނެ ކަމާބެހޭ އިދާރާއަކުން

ދީފައިވާ ލިޔުން ހުށަހެޅުމަށް އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ސަމާލުކަންދޭންވާނެއެވެ.

އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ

ރެކޯޑު ސާފުކުރި ފޯމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން އިންތިޚާބަށް ކުރިމަތިލާ

މީހާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމު އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް

ފައިސާ ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމެއް ކޮށްފައިވާނަމަ އެ އޮތޯރިޓީން

ސާފުކޮށްފައިވާ ދަރަނީގެ ރިކޯޑު ފަދަ ލިޔެކިއުންތައް ހުށަހަޅަންވާނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ

ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ،

2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ. އަދި

ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 11 ވާ ހޮނިހިރު ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް