ސޯޝަލް މީޑިއާގައި ޙައްޖު ޚިދުމަތޭ ކިޔައި އޮޅުވާލި އިންޑޯ ތިން މީހަކު ހައްޔަރުކޮށްފި

ސޯޝަލް މީޑިއާގައި ހުއްދަ ނެތް ޙައްޖު ޚިދުމަތް ދޭ ކަމަށް އޮޅުވާލައިގެން އިޝްތިހާރުކުރި އިންޑޮނީޝިއާގެ ތިން ރައްޔިތަކު މައްކާ އިން ހައްޔަރުކޮށްފިއެވެ. މައްކާގެ ސެކިއުރިޓީ ޕެޓްރޯލްތަކުން ހިންގި އޮޕަރޭޝަނ...

30 Apr 2026 | 00:10
ހައްޔަރުކުރި ތިން މީހުން - ފޮޓޯ: ސައުދީ ގެޒެޓް

ހައްޔަރުކުރި ތިން މީހުން - ފޮޓޯ: ސައުދީ ގެޒެޓް

ސޯޝަލް މީޑިއާގައި ހުއްދަ ނެތް ޙައްޖު ޚިދުމަތް ދޭ ކަމަށް އޮޅުވާލައިގެން އިޝްތިހާރުކުރި އިންޑޮނީޝިއާގެ ތިން ރައްޔިތަކު މައްކާ އިން ހައްޔަރުކޮށްފިއެވެ.

މައްކާގެ ސެކިއުރިޓީ ޕެޓްރޯލްތަކުން ހިންގި އޮޕަރޭޝަނުގައި އެ ތިން މީހުންގެ އަތުން ފައިސާ އާއި ކޮމްޕިއުޓަރު އިކުއިޕްމަންޓާއި ފޭކް ޙައްޖު އައިޑީ ކާޑުތައް ވަނީ އަތުލައިގެންފައެވެ. ހައްޔަރުކުރި ތިން މީހުން ގާނޫނީ ފިޔަވަޅު އެޅުމަށް ޕަބްލިކް ޕްރޮސިކިއުޝަނަށް ވަނީ ފޮނުވައިފައެވެ.

ޢާންމު ސަލާމަތާ ބެހޭ އިދާރާ އިން ވަނީ ހުރިހާ ފަރާތްތަކުން ޙައްޖުގެ ރަސްމީ ގަވާއިދުތަކާއި އިރުޝާދުތަކަށް ފުރިހަމަ އަށް ބޯލެނބުމަށް ގޮވާލައިފައެވެ. އަދި ގަވާއިދާ ޚިލާފު ކަމެއް ފެނިއްޖެ ނަމަ މައްކާ، މަދީނާ، ރިޔާޛް އަދި އީސްޓާން ޕްރޮވިންސް ސަރަހައްދުން 911 އަށް، އެ ނޫން ސަރަހައްދުތަކުން 999 އަށް ގުޅައި ރިޕޯޓްކުރުމަށް އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް