27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ – 42 ހާފިޒަކު ރައީސްގެ މެޑަލް ހާޞިލްކުރާނެ: ވަޒީރު

ކުރިއަށް އޮތް ރޯދަ މަހުގެ 27 ވިލޭރޭ 30 ހާފިޒަކު ދަސްވެނިވާނެ ކަމަށާއި ހަމަ އެ ރޭ 42 ހާފިޒަކު ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާޞިލްކުރާނެކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދ...

29 Dec 2025 | 04:43
ވަޒީރާއި ރައީސް ބައެއް ހާފިޒުންނާއެކު - ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ

ވަޒީރާއި ރައީސް ބައެއް ހާފިޒުންނާއެކު - ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ

ކުރިއަށް އޮތް ރޯދަ މަހުގެ 27 ވިލޭރޭ 30 ހާފިޒަކު

ދަސްވެނިވާނެ ކަމަށާއި ހަމަ އެ ރޭ 42 ހާފިޒަކު ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާޞިލްކުރާނެކަމުގައި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މީޑިއާތަކަށް މިއަދު

ފޮނުއްވެވި މެސެޖެއްގައެވެ.

އެ މެސެޖުގައި ވަޒީރު ވިދާޅުވެފައިވަނީ މި ހިނގާ

2025 ވަނަ އަހަރު މިހާތަނަށް 21 ކުއްޖަކު ޤުރުއާން ހިތު ދަސްކޮށްނިންމައި

އިމްތިހާން ހަދާފައިވާކަމަށެވެ. އަދި 7 ކުއްޖެއްގެ އިމްތިހާނު މިހާރު ކުރިއަށް

އެބަދާކަމަށާއި އަދި 1 ކުއްޖަކު އިމްތިހާނަށް ތައްޔާރުވެފައިވާކަމަށެވެ.

"އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ހާފިޒުން

ދަސްވެނިވާނެ، މިއީ މިދިޔަ އަހަރާ ބަލާފަ އިތުރު އަދަދެއް، މީގެ އިތުރުން 27

ވިލޭރޭ 42 ހާފިޒަކު ރައީސުލްޖުމުހޫރިއްޔާގެ މެޑަލް ހާޞިލްކުރާނެ" ވަޒީރު

ވިދާޅުވެފައިވެއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގައި

ހާފިޒުން އުފެއްދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. ކީރިތި ޤުރުއާން

ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން މި ދިޔަ ޖޫން މަހުން ފެށިގެން

ހާފިޒުންގެ އެލަވަންސް ވެސް ބޮޑުކުރައްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް