ވަޒީރު އެ ހައްދަވަނީ ދޮގު – ފައިސާ ދޭނެކަމަށްބުނެ ފައިސާވެސް ނުދޭ: ތުޅާދޫ ކައުންސިލް

ތުޅާދޫ މަސްޖިދުއްރަޙްމާން މިސްކިތާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ހައްދަވަނީ ދޮގު ކަމަށް ތުޅާދޫ ކައުންސިލުން ބުނެފިއެވެ. އެ ކައުންސިލުން މިހެން...

25 Oct 2025 | 08:45
ވަޒީރު ޝަހީމް (ކ) ތުޅާދޫ ކައުންސިލް ލޯގޯ (ވ) -

ވަޒީރު ޝަހީމް (ކ) ތުޅާދޫ ކައުންސިލް ލޯގޯ (ވ) -

ތުޅާދޫ މަސްޖިދުއްރަޙްމާން މިސްކިތާ ގުޅޭގޮތުން

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ހައްދަވަނީ

ދޮގު ކަމަށް ތުޅާދޫ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން މިހެން ބުނެފައިވަނީ ރައްޔިތުންގެ

މަޖިލީހުގެ ތަޅުމުގައި އެ ދާއިރާގެ މެންވަރު ހަންނާން ވަޒީރު ޝަހީމަށް ކުރިމަތި

ކުރުވި ސުވާލަށް ޖަވާބު ދެއްވަމުން ހެއްދެވީ ދޮގުކަމަށް ބުނެ ތުޅާދޫ ކައުންސިލުން

ނެރުނު ނޫސްބަޔާނުގައެވެ.

ބުދަ ދުވަހު މަޖިލިސް ތަޅުމުގައި މެންބަރުގެ

ސުވާލުގައި ވަޒީރު ކުރެން އެއްސެވީ އެ މިސްކިތް ސާފު ކުރުމުގެ މަސައްކަތް

ގޮސްފައިވާ ހިސާބަކާއި އަދި މިސްކިތް ހުޅުވޭނީ ކިހާ ހިސާބެއްގައިތޯ؟ އެވެ.

ޖަވާބުގައި ވަޒީރު ވިދާޅުވީ އެ މިސްކިތުން ގަބުރުފެނުމާއެކު

މިސްކިތް ބަންދު ކުރުމާއެކު މައްސަލަތައް ދިމާވި ކަމަށާއި އެ ރަށުގެ ރައްޔިތުންގެ

ތެރެއިން ގިނަ ބަޔަކު އެ މިސްކިތް އަލުން ހުޅުވަން ބޭނުންވާ ކަމަށެވެ.

"ޕެޓިޝަންތަކާ އެއްޗެހި އާދޭ، ޤަބުރުފެނުނީމާ

ކަށި ނަގާ ސާފުކޮށް އަލުން ހުޅުވަމީ ޞައްޚަ ޖާއިޒުގޮތެއް، ނަމަވެސް ރަށުގެ

ކައުންސިލުން އެއްބާރުލުމެއް ނުދެއްވާ ވުޒާރާއަށް، ވަފުދުތައްވެސް ޒިޔާރަތް ކުރި،

ކައުންސިލުން ދަނީ ބޮޑެތި ހުރަސްތައް ކުރިމަތި ކުރަމުން" ވަޒީރު

ވިދާޅުވިއެވެ.

ވަޒީރުގެ އެ ވާހަކަތައް ދޮގުކޮށް ކައުންސިލުން

ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ކައުންސިލުން އެކަމާއި ގުޅިގެން އެކުލަވާލި

ރިޕޯޓާއި ގުޅިގެން ލޯކަލް ގަވަރމަންޓް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީއާއި

ކައުންސިލް ހިމެނޭހެން ބައްދަލުވުމަކަށް ދައުވަތު ލިބުމުން ކައުންސިލްގެ ރައީސާއި

އިތުރު މެންބަރަކު އެ ބައްދަލުވުމަށް ދިޔަ ކަމަށެވެ. ނަމަވެސް ވުޒާރާއިން ބައިވެރި

ނުވާކަމަށެވެ.

"މަސައްކަތަށް ފައިސާގެ އެހީތެރިކަން

ދެއްވާނެކަމަށް ވިދާޅުވެފައިވީނަމަވެސް އަދާ ހަމައަށް އެ މަސައްކަތަށް އެއްވެސް

ފައިސާއެއް ދެއްވާފައެއް ނުވޭ" ސާފު ކުރުމަށް ކުރި މަސައްކަތަށް އިޝާރާތްކޮށް

އެ ކައުންސިލުން ބުނެފައިވެއެވެ. މީގެ އިތުރުން ވުޒާރާގެ ވަފުދުތައް ތުޅާދުއަށް

ޒިޔާރަތްކޮށްފައިވާކަމަށް ދޭހަވާ މޭރުމުން ވަޒީރު ވާހަކަފުޅު ދައްކަވާފައިވާއިރު

އެންމެ ފުރަތަމަ ގަބުރު ހުރިތޯ ބެލުމަށް ވަދުދެއް ދިޔަ ފަހުން އިތުރު އެއްވެސް

ފުރާނަ އެޅި މަޚްލޫގެއް ވުޒާރާއިން ފޮނުވިކަން ދެނެހުރި އެއްވެސް އިންސާނަކު ނެތް

ކަމަށްވެސް ތުޅާދޫ ކައުންސިލުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް