ސޫދާނު މަސްރަޙް: ދަރްފުރްގެ އަލް ފާޝިރް ހަނގުރާމަވެރިން ހިފުމަށްފަހު ނަސްލު ނައްތާލުމުގެ ޢަމަލުތަކެއް !

ސޫދާނުގެ މަސްރަޙަށް ބަލައިލާއިރު ސޫދާނުގެ ޕެރަ މިލިޓަރީ ގްރޫޕް ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އިން މިވަނީ މިދިޔަ ހޯމަ ދުވަހު ސޫދާނުގެ ދަރްފުރްގެ ވެރިރަށް އަލް ފާޝިރް ސިޓީގެ ކޮންޓްރޯލު އަތުލާފައެވ...

29 Oct 2025 | 04:32
އެސްއޭއެފްގެ ލީޑަރު ބުރްހާން (ކ) އަދި އާރްއެސްއެފްގެ ލީޑަރު ހަމްދާން (ވ) -

އެސްއޭއެފްގެ ލީޑަރު ބުރްހާން (ކ) އަދި އާރްއެސްއެފްގެ ލީޑަރު ހަމްދާން (ވ) -

ސޫދާނުގެ މަސްރަޙަށް ބަލައިލާއިރު ސޫދާނުގެ ޕެރަ މިލިޓަރީ

ގްރޫޕް ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އިން މިވަނީ މިދިޔަ ހޯމަ ދުވަހު ސޫދާނުގެ

ދަރްފުރްގެ ވެރިރަށް އަލް ފާޝިރް ސިޓީގެ ކޮންޓްރޯލު އަތުލާފައެވެ.

ވަރުގަދަ ކުރިމަތިލުންތަކަކަށްފަހު އެ ސިޓީގެ ކޮންޓްރޯލް

އާރްއެސްއެފްއިން ހޯދާފައިމިވަނީ ދަ ސޫދާން އާމްޑް ފޯސަސް (އެސްއޭއެފް) ބަލިކުރުމަށްފަހުގައެވެ.

އެސްއޭއެފްގެ ލީޑަރު އަބްދުލް ފައްތާހް އަލް

ބުރްހާން ވަނީ އަލް ފާޝިރުގައި ބަލި ގަބޫލުކޮށްފިކަން އިޢުލާނުކޮށް އަލް ފާޝިރުން

އޭއެސްއެފްގެ ފައުޖުތައް ބޭރުކޮށްފައެވެ.

އެއާއެކު ބައިނަލްއަގުވާމީ މީޑިއާތަކާއި މޮނީޓަރިންގ

ގްރޫޕްތަކުން ބުނާގޮތުގައި އާރްއެސްއެފްއިން އަންނަނީ އަލް ފާޝިރްގައި ނަސްލު

ނައްތާލުމުގެ ޢަމަލުތަކެއް ހިންގަމުންނެވެ. ނަސްލު ނައްތާލުމުގެ އެ ޢަމަލުތައް

މައިގަނޑުގޮތެއްގައި އާރްއެސްއެފްއިން އަމާޒު ކުރަމުން އަންނަނީ ފުރް ގަބީލާ، ޒަގާވާ

ގަބީލާ އަދި ބާތީ ގަބީލާއަށް އަމާޒުކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ

ގަބީލާތަކަކީ މައިގަނޑުގޮތެއްގައި އަރަބި ނަސްލު ނޫން ގަބީލާތަކެވެ.

އެގޮތުން އޮކްޓޯބަރު ފާއިތުވި ދެ ދުވަހެއްގެ

ތެރޭގައި ވަކި ވަކި ގޭގެއަށް ހަނގުރާމަވެރިން ގޮސް ދެ ހާހެއްހާ މީހުން

މަރާފައިވާކަމަށް އެކި ރިޕޯޓްތަކާއި މޮނިޓަރ ކުރާ ޖަމުޢިއްޔާތަކުން ބުނެއެވެ.

ސޫދާންގެ ދާހިލީ ހަނގުރާމައިގެ ފަސްފަހަތަށް

ބަލައިލާއިރު މިހާރު ކުރިއަށްމިދާ ދާހިލީ ހަނގުރާމަ ފެށެނީ 2023 ވަނަ އަހަރުގެ ރަމަޟާން

މަހުގެ ތެރޭގައެވެ. އޭޕްރީލް 15، 2023ގައި އެސްއޭއެފް

އާއި އާރްއެސްއެފްއާއި ދެމެދު ހަނގުރާމަ ފެށި

ޤައުމު ބައިބައިވެ ޤައުމުގެ އެކި ސަރަހައްދުތަކުގެ ކޮންޓްރޯލް ބެހިގެންދިޔައެވެ.

އެއަށްފަހު މެދުކެނޑުމެއްނެތި ހިނގަމުން އަންނަ ހަނގުރާމައިގާ އެއް ބަޔަކަށްވުރެ

އަނެއް ބަޔަކު ބާރުގަދަވެ ސަހަރުތަކަށް އަތްގަދަކުރަން ކުރާ މަސައްކަތުގައި އެތައް

ހާސް މީހަކު މަރާފައިވެއެވެ. ސޫދާނަކީ 70 އިންސައްތަ މުސްލިމް ޤައުމެއް ކަމުގައިވާއިރު

މަރުވެފައިވާ ނިސްބަތުގެ ބޮޑު ބައެއް ހިއްސާކުރަނީ މުސްލިމުންނެވެ.

ހަމަ އެހެންމެ ދާހިލީ ހަނގުރާމައާއި ގުޅިގެން

އެތައް މިލިޔަން ރައްޔިތުންނަށް އެ ޤައުމު ދޫކޮށް ހިޖުރަކޮށްފައިވާއިރު ރެފިއުޖީ

ހާލަތުގައިވެސް އެ ޤައުމުގައި މި ހަނގުރާމައިގެ ސަބަބުން އެތައް ލައްކަ

ރައްޔިތުންނެއް ދިރިއުޅެމުން އެބަ ދެއެވެ.

2023 ގެ ހަނގުރާމަ ފެށެން މެދުވެރިވި ސަބަބަށް ކުރުކޮށް

ބަލައިލާނަމަ އެސްއޭއެފްގެ ލީޑަރު ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރްހާން އާއި

ޖެނެރަލް މުހައްމަދު ހަމްދާން ޑަގާލޯ އަކީ އެކުގައި ގުޅިގެން ސޫދާނުގައި ޒަމާންވީ މިލިޓަރީ

ލީޑަރު ޖެނެރަލް އޮމަރް އަލް ބަޝީރުގެ ވެރިކަން ނިމުމަކަށް ގެނައި ދެމީހުންނެވެ.

2019 ވަނަ އަހަރު އޮމަރް އަލް ބަޝީރުގެ ވެރިކަން ނިމުމަކަށް

ގެނައުމަށްފަހު ވަގުތީ ސަރުކާރެއް އެކުލަވައިލި ނަމަވެސް އެ ސަރުކާރު 2021 ގައި

ވައްޓާލައި ގެނައި އަސްކަރީ ވެރިކަމުގައި ލީޑަރެއްގެ ގޮތުގައި ޖެނެރަލް އަބްދުލް

ފައްތާހް އަލް ބުރްހާން އަދި ޑެޕިއުޓީއެއްގެ ގޮތުގައި ޖެނެރަލް މުހައްމަދު

ހަމްދާން ޑަގާލޯ ހަމަޖެއްސިއެވެ. ވެރިކަން ކުރަން ފެށުމަށްފަހު ފުރަތަމަވެސް ކުރެއްވި

އިޢުލާނަކީ އެ ދެ ފަރާތުގެ ގުޅުމަށް ބުރޫއެއް ނާރާނެ ކަމަށާއި ގުޅުން އިންތިހާ

ވަރުގަދަ ކަމަށެވެ. ނަމަވެސް 2023 ގެ އޭޕްރީލް 15 އިން ފެށިގެން ދާހިލީ ހަނގުރާމަ

ހިނގަމުން އެދަނީ އެ ދެ ފަރާތުން ލީޑްކުރާ އެސްއޭއެފްއާއި އާރްއެސްއެފް އާއި ދެމެދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް