ސުދާން މަސްރަޙް: ޖަންޖަވީދުން އަލް-ފާޝިރްގައި ހުރި ހަމަ އެކަނި ހަސްފަތާލު ހިސޯރުކޮށް 500އެއްހާ މީހުން މަރާލައިފި

ސޫދާން މަސްރަޙަށް ޖެހިލާއިރު އެންމެ ބޮޑު އަދި އެންމެ ހިތާމަވެރި ޚަބަރެއްގެ ގޮތުގައި ފެންނަނީ ސުދާންގެ ދަރްފޯރްގެ އަލް ފާޝިރްގައި ޚިދުމަތް ދެވޭގޮތަށް ހުރި ހަމައެކަނި ހަސްފަތާލު ޖަންޖަވީދުން (ރެޕިޑް ސަޕ...

31 Oct 2025 | 23:56
ސުދާނުގެ ރެފިއުޖީ ކޭމްޕެއްގެ ތެރެއިން - ފޮޓޯ: ޔުނިސެފް

ސުދާނުގެ ރެފިއުޖީ ކޭމްޕެއްގެ ތެރެއިން - ފޮޓޯ: ޔުނިސެފް

ސޫދާން މަސްރަޙަށް ޖެހިލާއިރު އެންމެ ބޮޑު އަދި އެންމެ

ހިތާމަވެރި ޚަބަރެއްގެ ގޮތުގައި ފެންނަނީ ސުދާންގެ ދަރްފޯރްގެ އަލް ފާޝިރްގައި ޚިދުމަތް

ދެވޭގޮތަށް ހުރި ހަމައެކަނި ހަސްފަތާލު ޖަންޖަވީދުން (ރެޕިޑް ސަޕޯޓް ފޯސަސް) އިން

ހިސޯރުކޮށް 500އެއްހާ މީހުން މަރާލި ޚަބަރެވެ.

މި ޚަބަރު ފެންމަތިވެފައިމިވަނީ ޖަންޖަވީދުން އަލް

ފާޝިރް ހިފިތާ ދެތިން ދުވަސްފަހުންނެވެ. މި ޚަބަރު ފެންމަތިކޮށްފައިވަނީ ދުނިޔޭގެ

ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) އިންނެވެ.

ސުދާނީސް އާމްޑް ފޯސަސް (އެސްއޭއެފް) އެކުގައިހެން

ބަލިކޮށް ޖަންޖަވީދުން އަލް ފާޝިރް ހިފީ މި ނިމުނު އޮކްޓޯބަރު މަހުގެ 26 ވީ

އާދީއްތަ ދުވަހުގައެވެ.

އެ ދުވަހަށްފަހު ޖަންޖަވީދުން އަންނަނީ އަލް ފާޝިރްގައި

ނަސްލު ނައްތާލުމުގެ ގަތުލުއާންމެއް ހިންގަމުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަދި މި ގަތުލުޢާންމުގައި ފާއިތުވި ހައެއްކަ ދުވަހުގެ ތެރޭގައި މަރާލާފައިވާ މީހުންގެ

އަދަދު 1،500 އަށްވުރެ މަތިވާނެ ކަމަށް އަންދާޒާ ކުރެއެވެ. މީހުން މެރުމުގައި

ދޮރުން ދޮރަށް ހިނގައި ގޭގެއަށްވަދެ ސީދާ ބޮލަށް ބަޑިޖަހާކަމުގެ ރިޕޯޓްތައް މީޑިއާ

ރިޕޯޓްތަކުން ފެންނާން އެބަހުއްޓެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޖަންޖަވީދުންގެ

ހަތިޔާރު އެޅި ހަނގުރާމަވެރިން އަލް ފާޝިރްގެ "އަލް ފާޝިރް ސައުތު ހޮސްޕިޓަލް"

އަށް ވަދެގަނެ އެނދުމަތިކޮށްފައިތިބި މީހުންވެސް މަރާފައިވެއެވެ.

އެކުގައިހެން ހިސޯރުކޮށްފައިވާ އަލް ފާޝިރްގެ

ޚަބަރުތައް ބޭރު ދުނިޔެއަށް ލިބުމުގައިވެސް ދަތިތަކެއް ހުރި އިރު ސީދާ

އަދަދުތަކަކީ އަންދާޒީ އަދަދުތަކެކެވެ.

މުޅި މަސްރަޙްގެ ފަސް ފަހަތް

ސޫދާންގެ ދާހިލީ ހަނގުރާމައިގެ ފަސްފަހަތަށް ބަލައިލާއިރު

މިހާރު ކުރިއަށްމިދާ ދާހިލީ ހަނގުރާމަ ފެށެނީ 2023 ވަނަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައެވެ.

އޭޕްރީލް 15، 2023ގައި ސުދާން އާމްޑް ފޯސަސް (އެސްއޭއެފް) އާއި ރެޕިޑް ސަޕޯޓް

ފޯސަސް (އާރްއެސްއެފް ނުވަތަ ޖަންޖަވީދުން) އާއި ދެމެދު ހަނގުރާމަ ފެށި ޤައުމު ބައިބައިވެ

ޤައުމުގެ އެކި ސަރަހައްދުތަކުގެ ކޮންޓްރޯލް ބެހިގެންދިޔައެވެ. އެއަށްފަހު މެދުކެނޑުމެއްނެތި

ހިނގަމުން އަންނަ ހަނގުރާމައިގާ އެއް ބަޔަކަށްވުރެ އަނެއް ބަޔަކު ބާރުގަދަވެ ސަހަރުތަކަށް

އަތްގަދަކުރަން ކުރާ މަސައްކަތުގައި އެތައް ހާސް މީހަކު މަރާފައިވެއެވެ. ސޫދާނަކީ

90 އިންސައްތަ މުސްލިމް ޤައުމެއް ކަމުގައިވާއިރު މަރުވެފައިވާ ނިސްބަތުގެ ބޮޑު ބައެއް

ހިއްސާކުރަނީ މުސްލިމުންނެވެ.

ހަމަ އެހެންމެ ދާހިލީ ހަނގުރާމައާއި ގުޅިގެން އެތައް

މިލިޔަން ރައްޔިތުންނަށް އެ ޤައުމު ދޫކޮށް ހިޖުރަކޮށްފައިވާއިރު ރެފިއުޖީ ހާލަތުގައިވެސް

އެ ޤައުމުގައި މި ހަނގުރާމައިގެ ސަބަބުން އެތައް ލައްކަ ރައްޔިތުންނެއް ދިރިއުޅެމުން

އެބަ ދެއެވެ.

2023

ގެ ހަނގުރާމަ ފެށެން މެދުވެރިވި ސަބަބަށް ކުރުކޮށް ބަލައިލާނަމަ

އެސްއޭއެފްގެ ލީޑަރު ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރްހާން އާއި ޖަންޖަވީދުންގެ

ލީޑަރު ޖެނެރަލް މުހައްމަދު ހަމްދާން ޑަގާލޯ އަކީ އެކުގައި ގުޅިގެން ސޫދާނުގައި ޒަމާންވީ

މިލިޓަރީ ލީޑަރު ޖެނެރަލް އޮމަރް އަލް ބަޝީރުގެ ވެރިކަން ނިމުމަކަށް ގެނައި ދެމީހުންނެވެ.

2019 ވަނަ އަހަރު އޮމަރް އަލް ބަޝީރުގެ

ވެރިކަން ނިމުމަކަށް ގެނައުމަށްފަހު ވަގުތީ ސަރުކާރެއް އެކުލަވައިލި ނަމަވެސް އެ ސަރުކާރު

2021 ގައި ވައްޓާލައި ގެނައި އަސްކަރީ ވެރިކަމުގައި ލީޑަރެއްގެ ގޮތުގައި ޖެނެރަލް އަބްދުލް

ފައްތާހް އަލް ބުރްހާން އަދި ޑެޕިއުޓީއެއްގެ ގޮތުގައި ޖެނެރަލް މުހައްމަދު ހަމްދާން

ޑަގާލޯ ހަމަޖެއްސިއެވެ. ވެރިކަން ކުރަން ފެށުމަށްފަހު ފުރަތަމަވެސް ކުރެއްވި އިޢުލާނަކީ

އެ ދެ ފަރާތުގެ ގުޅުމަށް ބުރޫއެއް ނާރާނެ ކަމަށާއި ގުޅުން އިންތިހާ ވަރުގަދަ ކަމަށެވެ.

ނަމަވެސް 2023 ގެ އޭޕްރީލް 15 އިން ފެށިގެން ދާހިލީ ހަނގުރާމަ ހިނގަމުން އެދަނީ އެ

ދެ ފަރާތުން ލީޑްކުރާ އެސްއޭއެފްއާއި ޖަންޖަވީދުންނާއި ދެމެދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް