ބޭންކިންގ ވިޔަފާރި ފެށުމުގެ ހުއްދަ ޑިވެލޮޕްމަންޓް ބޭންކަށް ދީފި

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑުން ބޭންކިންގ ވިޔަފާރި ފެށުމަށްޓަކައި ބޭނުންވާ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފިއެވެ. އެމްއެމްއޭއިން އެ ހުއްދަ ދީފައިވަނި 28 ޖަނަވ...

29 Jan 2026 | 14:02
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އަށް އެ ހުއްދަ ދެނީ - ފޮޓޯ: އެމްއެމްއޭ

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އަށް އެ ހުއްދަ ދެނީ - ފޮޓޯ: އެމްއެމްއޭ

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑުން

ބޭންކިންގ ވިޔަފާރި ފެށުމަށްޓަކައި ބޭނުންވާ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

(އެމްއެމްއޭ) އިން ދީފިއެވެ.

އެމްއެމްއޭއިން އެ ހުއްދަ ދީފައިވަނި 28 ޖަނަވަރީ

2026 (އިއްޔެ) އިން ފެށިގެންނެވެ.

ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް

ހުޅުވުމަށް ބޭނުންވާ ބޭންކިންގ ލައިސަންސް މި އޮތޯރިޓީއިން ޑިވެލޮޕްމަންޓް ބޭންކް

އޮފް މޯލްޑިވްސް ލިމިޓެޑް އަށް ދޫކޮށްފައިވަނީ 13 އޮކްޓޫބަރު 2024 ގައެވެ. ޑިވެލޮޕްމަންޓް

ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް އަކީ ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ

ބޭންކްއެކެވެ.

އެމްއެމްއޭއިން މިއަދު ބުނެފައިވާގޮތުގައި އެ

ބޭންކްގެ ޚިދުމަތް ފެށުމުން، ދިގުމުއްދަތުގެ މާލީ އެހީތެރިކަން ހޯދުމަށް

މަގުފަހިވެ، ރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޮޑު

އެހީތެރިކަމެއް ލިބިގެންދާނެ ކަމެއް ކަމަށް އެ އޮތޯރިޓީން ޤަބޫލުކުރެއެވެ. އަދި

މިއީ ދިވެހިރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް ހަރުދަނާކުރުމަށް ކުރެވޭ

މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމުގައި ދެކޭކަމަށްވެސް އެމްއެމްއޭއިން

ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް