ވަޒީރު އާދަމް ޝަރީފް އުމަރު - ފައިލް ފޮޓޯ: ދުވަސް
ފެނަކައިގެ ކޮރަޕްޝަންގެ ބޮޑު މައްސަލައިގާ ވަކި
މީހަކަށް ޤާނޫނު ހިންގުމުގެ ބަދަލުގައި މައްސަލައިގެ އެންމެ އަޑިއަށް ފީނުމަށް މިނިސްޓަރ
އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް
އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ "2,239,640,958 ރުފިޔާގެ
ވައްކަން – ދައުލަތް ލޫޓުވުން" މި ސުރުހީގެ ދަށުން ސޯޝަލް މީޑިއާގައި ކުރެއްވި
ޕޯސްޓެއްގައެވެ.
ވަޒީރުގެ އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ
ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ މައްސަލަ، ފެނަކަ، އަދި ވެންޓިލޭޓަރުގެ ކޮރަޕްޝަންގެ
މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނެވި ކަމަށާއި މިނިވަން މުއައްސަސާތަކުން
އޭރު އަޅާނުލީ ކަމަށެވެ. ވަޒީރު އޭރު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ
މެންބަރެއްގެ މަޤާމުގައެވެ.
އެމްޑީ ސައީދު އެކަނި މިވަރުގެ ބޮޑެތި ވައްކަންތައް ނުކުރެވޭނެ، ވަރަށް ގިނަ މީހުންނަށް ބައި އެޅިކަން މިހާރު މިދަނީ ފަޅާއަރަމުން
ވަޒީރު ވިދާޅުވެފައިވެއެވެ.
ވަޒީރުގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވާގޮތުގައި ދައުލަތުގެ
ޒިއްމާއަކަށް ވާންޖެހޭނީ ހަމައެކަނި އެންމެ މީހަކަށް ޤާނޫނު ހިންގުމުގެ ބަދަލުގައި
މުޅި މައްސަލައިގެ އެންމެ އަޑިއަށް ފީނައި، މިކަމުގައި ޝާމިލުވާ އެންމެންނާއިމެދު އިންސާފުވެރި
ތަހުޤީޤެއް ހިންގައި، ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދޭންޖެހެއެވެ. އަދި
މިހާ ދުވަހު އަޅާނުލާތިބި މުއައްސަސާތައް ޖަވާބުދާރީ ކުރުވަންޖެހެއެވެ.
މި ޤައުމު ސަލާމަތް ކުރެވޭނީ ކޮރަޕްޝަން މުލުން ލުހެލައިގެންކަން
ވަޒީރު ފާހަގަކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް