ބޭންކުތައް މެދުވެރިކޮށް ހެޔޮއަގުގައި ގެދޮރު ގަންނަން ލިބޭ ސްކީމެއް ތައާރަފްކުރަން އެމްއެމްއޭއިން ނިންމައިފި

ގްރޭޓަރ މާލެ ސަރަހައްދުން އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިންގ ހަމަޖެއްސުމުގެ މަޤްސަދުގައި "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމް"ގެ ނަމުގައި ފ...

25 Oct 2025 | 11:20
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) - ފައިލް ފޮޓޯ: ދުވަސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) - ފައިލް ފޮޓޯ: ދުވަސް

ގްރޭޓަރ މާލެ ސަރަހައްދުން އަލަށް ގެދޮރު ގަންނަން ބޭނުންވާ

ފަރާތްތަކަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިންގ ހަމަޖެއްސުމުގެ މަޤްސަދުގައި

"އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމް"ގެ ނަމުގައި ފައިނޭންސިންގ

ސްކީމްއެއް ތަޢާރަފް ކުރުމަށް އެމްއްއެމްއޭ އިން ނިންމައި ރެގިއުލޭޝަންއެއް ނެރެފިއެވެ.

އެމްއެމްއޭއިން ހާމަކުރާ ގޮތުގައި ހުރިހާ ބޭންކްތަކުން

ލޯން ޕޯޓްފޯލިއޯގެ ތެރެއިން މަދުވެގެން %10 - %15 (ދިހައެއް އިންސައްތައާއި ފަނަރަ

އިންސައްތަ) މި ސްކީމަށް އަށް ކަނޑައަޅަންވާނެވެ. 5 އަހަރު ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ

މި ސްކީމުގެ ދަށުން  ދޫކުރާ ފައިނޭންސިންގ ފެސިލިޓީ

އަދާކޮށް ޚަލާޞްކުރަންޖެހޭ މުއްދަތަކީ 25 (ފަންސަވީސް) އަހަރުދުވަހެވެ. ނަމަވެސް ފެސިލިޓީނަގާ

ފަރާތުން އެދިގެން އެއަށްވުރެ ކުރު މުއްދަތެއް ހަމަޖައްސައި ދެވިދާނެކަމަށް އެމްއެމްއޭއިން

މަޢުލޫމާތުދެއެވެ. އެމްއެމްއޭގެ އަމާޒަކީ 5 އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް

3500 ހައުސިންގ ޔުނިޓަށް މި ސްކީމްގެ ދަށުން ފައިނޭންސިންގ ހަމަޖެހިގެން ދިއުމެވެ.

ސްކީމްގެ ދަށުން ދޫކުރާ ފައިނޭންސިންގ ފެސިލިޓީތައް

ދޫކުރުމަށް މައިގަނޑު ދެ ގޮތެއް އިޚްތިޔާރުކުރެވިދާނެއެވެ. އެއީ، ޓައިޕް އޭ - ލީސް

އެންޑިންގ ވިތް އޯނަރޝިޕް  އަދި ޓައިޕް ބީ

- އެންޑް ޔޫސަރ ފައިނޭންސިންގ އޮޕްޝަނެވެ.

ޓައިޕް އޭ - ލީސް އެންޑިންގ ވިތް އޯނަރޝިޕް (ބޭންކްތަކުން

ފައިނޭންސްކޮށްގެން ހަދާ ހައުސިންގ މަޝްރޫޢުތައް)

ސްކީމް ހިންގާ އިދާރާއަކުން އިމާރާތްކުރާ ފަރާތްތައް

މެދުވެރިކޮށް ގެދޮރު އިމާރާތްކޮށް، ގެދޮރު ގަތުމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކަށް

ކަނޑައެޅިފައިވާ މުއްދަތަށް ފައިނޭންސިންގ ފެސިލިޓީ ދޫކުރެވިގެންދާނެއެވެ.

މި ފެސިލިޓީގެ ދަށުން އަހަރެއްގެ މައްޗަށް ނެގޭނެ ފައިދާގެ

މިންވަރަކީ ފެސިލިޓީގެ ޕްރިންސިޕަލްގެ %5 (ފަހެއް އިންސައްތަ) އެވެ.

ފައިނޭންސިންގ ފެސިލިޓީ ފޯރުކޮށްދިނުމަށް ހެދިފައިވާ

އެއްބަސްވުމާ އެއްގޮތްވާ  ގޮތުގެ މަތިން ކުލި

ދައްކާ ނިމުމުން، އެ ފެސިލިޓީގެ ދަށުން ނަގާފައިވާ ތަނުގެ މިލްކުވެރިކަން، ފެސިލިޓީ

ނެގި ފަރާތުގެ ނަން މައްޗަށް ބަދަލުކުރެވޭނެއެވެ.

ފައިނޭންސިންގ ފެސިޓީއާއި ގުޅިގެން އެއްވެސް ރަހުނެއް

އަދި އިކުއިޓީއެއް ބަހައްޓާކަށް ނުޖެހޭނެއެވެ. ނަމަވެސް ކުލީގެ މުއްދަތަށް ސެކިއުރިޓީ

ޑިޕޮސިޓްއެއް ބަހައްޓަން ޖެހިދާނެއެވެ.

ޓައިޕް ބީ - އެންޑް - ޔޫސަރ ފައިނޭންސިންގ (ޑިވެލޮޕަރ

/ އިންވެސްޓާރ ފައިނޭންސްކޮށްގެން ހަދާ ހައުސިންގ މަޝްރޫޢުތައް)

ކަނޑައެޅިފައިވާ ގެދޮރު އިމާރާތްކުރާ ފަރާތްތަކުން ގެދޮރު

ގަތުމަށް އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ސްކީމް ހިންގާ އިދާރާއިން ފައިނޭންސް

ދޫކުރެވިގެންދާނެއެވެ.

މި މޮޑެލްގެ ދަށުން ފައިނޭންސިންގ ފޯރުކޮށްދިނުމުގެ

އާންމު އުސޫލުތަކާއި، އަގާއި އަދި މުއްދަތު ކަނޑައަޅާނީ އޮތޯރިޓީއިން އަންގާ ގޮތެއްގެ

މަތިންނެވެ.

މި ފެސިލިޓީގެ ދަށުން އަހަރެއްގެ މައްޗަށް ނެގޭނެ ފައިދާގެ

މިންވަރަކީ ފެސިލިޓީގެ ޕްރިންސިޕަލްގެ %6 (ހައެއް އިންސައްތަ) އެވެ.

ގެދޮރު ގަންނަ ފަރާތްތަށް އިކުއިޓީގެ ގޮތުގައި %5 (ފަސް

އިންސައްތަ) ބަހައްޓަން ޖެހޭނެއެވެ.

ފައިނޭންސިންގ ފެސިލިޓީން ގަންނަ ތަނުގެ އިތުރުން އެހެން

ރަހުނެއް ނުވަތަ ސެކިއުރިޓީއެއް ބަހައްޓަން ނުޖެހޭނެއެވެ.

އެމްއެމްއޭއިން ހާމަކުރާ ގޮތުގައި މި ސްކީމްގެ ދަށުން

ގެދޮރު ގަނެވޭނީ އެ އޮތޯރިޓީން ހުއްދަ ދޭ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އެކަންޏެވެ.

އޭގެ އިތުރުން، މި ސްކީމްގެ ދަށުން ފައިނޭންސިންގ ފެސިލިޓީ ދޫކުރެވޭނީ އަލަށް ގެދޮރުވެރިކަމުގެ

މިލްކިއްޔާތު ލިބޭ ފަރާތްތަކަށް އެކަންޏެވެ. އަދި އެފަރާތަކީ މިސްކީމްގެ ދަށުން ދޫކުރެވޭ

ފައިނޭންސިންގ ފެސިލިޓީއަށް މަހުންމަހަށް ދައްކަން ޖެހޭ އަދަދު ދެއްކުމުގެ ޤާބިލުކަންހުރި

ފަރާތަކަށް ވާންޖެހޭނެ ކަމަށްވެސް މަރުކަޒީ ބޭންކުން ހާމަކުރެއެވެ.

މަރުކަޒީ ބޭންކުން ހާމަކުރާ ގޮތުގައި މާލީ ދާއިރާ ތަރައްޤީކޮށް

ކުރިއެރުވުމުގެ އިތުރުން، އާންމު ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް

ހެޔޮ އަގުގައި ފައިނޭންސިންގ ހޯދައިދިނުމަކީ އެމްއެމްއޭއިން އިސްކަންދޭ ފައިނޭންޝަލް

އިންކުލޫޝަން ނުވަތަ މާލީ ބައިވެރިވުމުގެ ބައެކެވެ. މިގޮތުން، މާލީ ނިޒާމްގެ ތެރެއިން

އާންމުންނަށް ލިބެންހުރި ޚިދުމަތްތައް ފުޅާކޮށް އެކަށީގެންވާ ހެޔޮ އަގެއްގައި ފައިނޭންސް

ހަމަޖެހިގެން ދިއުމަކީ މާލީ ނިޒާމުގެ އިތުރުން ގައުމުގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްޤީއަށްވެސް

އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއްކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

އެމްއެމްއޭއިން މީގެ ކުރިން، 2017 ގައި ބޭންކުތައް މެދުވެރިކޮށް

ކާމިޔާބުކަމާ އެކީ މިފަދަ ހައުސިންގ މަޝްރޫޢުތައް ހިންގާފައިވެއެވެ. އެގޮތުން، އަރަބިއްޔާ

އަދި ގާކޮށި ފްލެޓްތައް ގިން ބަޔަކު އަތްފޯރާފަށުގައި ގަނެފައިވަނީ އެމްއެމްއޭއިން

ހިންގި މިފަދަ ހައުސިންގ މަޝްރޫޢުތަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް