އައްޑޫ ރެފެރަންޑަމް: ވޯޓުލުން ފެށިގެން ކުރިއަށް - އަދި ވޯޓުގައި ބައިވެރިވީ ހަތް އިންސަައްތަ

އައްޑޫ ސިޓީގެ ފޭދުއާއި ހުޅުދުއާއި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމުކުރަން ފެނޭތޯ ނަގާ ރެފެރަންޑަމް ވޯޓުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަ ދެއެވެ. މިއަދު ހަވީރު ހަތަރަކާއި ހަމައަށް ކުރިއަށްދާ މި ވޯ...

25 Oct 2025 | 05:48
ވޯޓުލުން ފެށިގެން ކުރިއަށް - ފޮޓޯ: ޕީއެސްއެމް

ވޯޓުލުން ފެށިގެން ކުރިއަށް - ފޮޓޯ: ޕީއެސްއެމް

އައްޑޫ ސިޓީގެ ފޭދުއާއި ހުޅުދުއާއި މީދޫގައި ވަކި

ކައުންސިލްތަކެއް ގާއިމުކުރަން ފެނޭތޯ ނަގާ ރެފެރަންޑަމް ވޯޓުގެ ވޯޓުލުން ފެށިގެން

ކުރިއަށް އެބަ ދެއެވެ.

މިއަދު ހަވީރު ހަތަރަކާއި ހަމައަށް ކުރިއަށްދާ މި

ވޯޓުލުމުގެ ހައްގު 9576 މީހަކަށް ލިބިފައިވާއިރު ހެނދުނު ދިހަޔަކާއި ހަމައަށް 695

މީހަކު ވޯޓު ލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެއީ ވޯޓު ލިބުމުގެ

ހައްގު ލިބިފައިވާ މީހުންގެ 7.26 އިންސައްތައެވެ.

ވޯޓުލުން ކުރިއަށްދާއިރު ފޭދޫގައި ފަސް ފޮށި،

ހުޅުދޫގައި ތިން ފޮށި، މީދޫގައި ތިން ފޮށި، މާލޭގައި ހަތް ފޮށި ހިމެނޭހެން އެކު

ޖުމްލަ 18 ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ.

އިލެކްޝަންސް އިން ބުނެފައިވަނީ ފޮށިތައް

ހަތަރެއްގައި ބަންދުކޮށް 30 މިނެޓު ފަހުން ވޯޓު ގުނަން ފަށާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް