އައްޑޫގައި މާރާމާރީއެއް – ތޫނު އެއްޗަކުން ދެ ހަމަލައެއް

އައްޑޫސިޓީގައި ރޭ ދަންވަރު މާރާމާރީއެއް ހިންގައިފިއެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލަދީ މާރާމާރީ ހިންގި މައްސަލަ ރޭ 01:17 ގ...

24 Sep 2025 | 08:31
ފުލުހުން ސީނުގައި ހަރަކާތްތެރިވާ މަންޒަރު - ފޮޓޯ: އައްޑޫލައިވް

ފުލުހުން ސީނުގައި ހަރަކާތްތެރިވާ މަންޒަރު - ފޮޓޯ: އައްޑޫލައިވް

އައްޑޫސިޓީގައި ރޭ ދަންވަރު މާރާމާރީއެއް ހިންގައިފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން

ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލަދީ މާރާމާރީ

ހިންގި މައްސަލަ ރޭ 01:17 ގައި ރިޕޯޓްކޮށްފައިވާކަމަށެވެ.

"އަނިޔާވެފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކަށް،

ހަށިގަނޑުގެ ދެ ތަނަކަށް ހަމަލަދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެމީހާއަށް

ފަރުވާދެމުން އަންނައިރު އައްޑޫލައިވް ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ

ހަމަލަ ދީފައިވަނީ އައްޑޫ ސިޓީ ހިތަދޫ ލިންކްރޯޑުގައި ހުންނަ ލެގޫން ލޮޖް

ކައިރީގައެވެ.

އެމީހާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި

ކަމަށާއި އަނިޔާއާއި ގުޅިގެން އޮޕަރޭޝަނެއްވެސް ކޮށްފައިވާކަމަށް

ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް