އެމްޑީޕީގެ ޗެއާޕާސަން ކަމުން ފައްޔާޒް އިސްތިޢުފާ ދެއްވައިފި – މިސްރާބު ކެނޑިޑަސީއާ ދިމާއަށް !

އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެކްޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަޤާމުން ފައްޔާޒް އިސްމާއީލް އިސްތިޢުފާ ދެއްވައިފިއެވެ. އެކަން ފައްޔާޒް އިޢުލާނުކުރެއްވީ ރޭ އެ ޕާޓިން ބޭއްވި ޤައުމީ މަ...

24 Nov 2025 | 01:13
ފައްޔާޒް އިސްމާއީލް - ފޮޓޯ: އެމްޑީޕީ

ފައްޔާޒް އިސްމާއީލް - ފޮޓޯ: އެމްޑީޕީ

އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެކްޓިކް

ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަޤާމުން ފައްޔާޒް އިސްމާއީލް އިސްތިޢުފާ ދެއްވައިފިއެވެ.

އެކަން ފައްޔާޒް އިޢުލާނުކުރެއްވީ ރޭ އެ ޕާޓިން

ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހުގައެވެ.

ޕާޓީގެ ޗެއާޕާސަންގެ މަޤާމުން ފައްޔާޒް ރޭގައި އިސްތިޢުފާ

ދެއްވާފައިވާއިރު ދެން އަންނަ ރިޔާސީ އިންތިޚާބެއްގައި އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް

ވާދަކުރައްވާނެކަން ފައްޔާޒް ކުރިން އިޢުލާނު ކުރައްވާފައިވެއެވެ. ހަމަ އެހެންމެ

އެ ޕާޓީން ނިކުންނަވާ އެހެން ކެނޑިޑޭޓުންނަށްވެސް ހަމަހަމަ ފުރުޞަތު ހޯއްދަވައިދެއްވާނެކަން

ކުރިން އިޢުލާނުކުރެއްވިއެވެ.

އެހެންކަމުން ޗެއާޕާސަންގެ މަޤާމުގައި ހުރެ

އެކަމަށް ފުށޫއަރާނެކަމުގައި ބެލެވޭތީ ރަސްމީކޮށް ކެމްޕޭނު ފެއްޓެވުމަށް

އިސްތިޢުފާ ދެއްވީކަމުގައި ބެލެވެއެވެ.

ވާދަވެރި އެތެރޭގެ އިންތިޚާބެއްގައި ވާދަކޮށް އެ ޕާޓީގެ

ޗެއާޕާސަން ކަން ފައްޔާޒް ހޯއްދެވީ 2022 ވަނަ އަހަރުގެ މޭ މަހުގެ 14 ވަނަ

ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް