ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ސެކްރެޓޭރިއެޓްއަށް ހުށަހަޅަނީ /ފޮޓޯ: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން
އަބްދުލްޣަފޫރު މޫސާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް، 55 މެންބަރުންގެ
ސޮއިއާއެކު އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅަައިފިއެވެ.
މި މައްސަލަ
ހުށަހެޅުމުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ
ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ފެކްޝަނުންނެވެ.
ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ނިންމީ،
ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި
ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދިނުމާ ގުޅިގެންނެވެ.
މި ނިންމުމުގެ ސަބަބުން ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އެކި ފެކްޝަންތަކުގެ
މެދުގައި އޮތް ހިޔާލުތަފާތުވުންތައް ވަނީ ބޮޑުވެފައެވެ.
މިވަގުތު އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދާއި ފައްޔާޒުގެ
ފެކްޝަނުގެ އިތުރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް
އަބްދުﷲ ޝާހިދުގެ ފެކްޝަންތައް ހަރަކާތްތެރިވެއެވެ. މީގެ އިތުރުން މެންބަރު
އަހުމަދު ޝަމްހީދާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ތާއީދުކުރާ ވަކި
ފެކްޝަންތަކެއް ވެސް ޕާޓީ ތެރޭގައި އުފެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް