ފުލިދޫ ފަޅަށް ގިނަ އަދަދަކަށް ކަޅުތެޔޮ – ސާފުކުރުމުގެ މަސައްކަތް ކުރިއަށް

ވ. ފުލިދޫ ފަޅު ސަރަހައްދަށް ގިނަ އަދަދަކަށް ކަޅުތެޔޮ ޖަމާވަމުން އެބަ ދެއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދެންމެ ބުނެފައިވަނީ ވ. ފުލިދޫ ފަޅުތެރެއަށާއި ގޮނޑުދޮށަށް ގިނަ އަދަދ...

24 Sep 2025 | 07:38
ފަޅަށް ޖަމާވަމުން އަންނަ ކަޅުތެޔޮ ސާފު ކުރުމުގެ މަސައްކަތް ކައުންސިލުން އިސްވެ އަންނަނީ ކުރަމުން - ފޮޓޯ: ކައުންސިލް ރައީސް

ފަޅަށް ޖަމާވަމުން އަންނަ ކަޅުތެޔޮ ސާފު ކުރުމުގެ މަސައްކަތް ކައުންސިލުން އިސްވެ އަންނަނީ ކުރަމުން - ފޮޓޯ: ކައުންސިލް ރައީސް

ވ. ފުލިދޫ ފަޅު ސަރަހައްދަށް ގިނަ އަދަދަކަށް ކަޅުތެޔޮ

ޖަމާވަމުން އެބަ ދެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)

އިން ދެންމެ ބުނެފައިވަނީ ވ. ފުލިދޫ ފަޅުތެރެއަށާއި ގޮނޑުދޮށަށް ގިނަ އަދަދެއްގެ

ކަޅުތެޔޮ ފެތުރިފައިވާތީ، އެ ސަރަހައްދު ކަނޑަށް އިތުރަށް ކަޅުތެޔޮ އެޅިފައިވޭތޯ

ބެލުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ

އުޅަނދު "ހަލަވެލި" ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ދުވަހަށް މަޢުލޫމާތުދެއްވަމުން ފުލިދޫ ކައުންސިލް ރައީސް

މުޙައްމަދު އިމްތިޔާޒް ވިދާޅުވީ ރަށުގެ ގޮނޑުދޮށަށްވެސް ގިނަ އަދަދަކަށް ކަޅުތެޔޮ

ޖަމާވަމުންދާތީ އެމްޓީސީސީގެ ހައިމާކެއް ބޭނުންކޮށްގެން ކަޅުތެޔޮ އެއްގަންކޮށް

ވަޅުލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ދިޔަވަރާ އެކު މޫދު ތެރެއަށް އިތުރަށް ނުދާނެ ގޮތެއް ވޭތޯ މި ބަލާލަނީ، ހޫނު ގަދަވީމަ، މެންދުރު ވަގުތު ވީމަ އަދި ގޮންޖެހުންތަކެއް އެބަހުރި

ރައީސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ތެޔޮތަކަކީ އަލިހުރަސް

ކަނޑަށް އެޅިގެން ނޫނީ ބަޔަކު އަޅައިގެން ފުލިދުއާ ދިމާއަށް އަންނަ ތެޔޮ ކަމަށް

ބެލެވޭ ކަމަށާއި ކައިރީގައި އޮންނަ ކޮކޯގިރި ރިސޯޓު ސަރަހައްދުންވެސް ކަޅުތެޔޮ

އަސަރު ފެނިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް