ޅ.އަތޮޅު ފަޅުރަށަކުން ފެނުނު ކިނބުލެއް ސިފައިންނާ ހަވާލުކޮށްފި

ޅ.އަތޮޅުގެ ފަޅުރަށަކުން ފެނުނު ކިނބުލެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާ ހަވާލުކޮށްފިއެވެ. މި ކިނބޫ ފެނިފައިވަނީ އެ އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ދިއްދޫއަށް ދިޔަ ބަޔަކަށެވެ. ދިގުމިނު...

18 Apr 2026 | 08:50
ޅ.އަތޮޅު ފަޅުރަށަކުން ފެނުނު ކިނބޫ /ފޮޓޯ: އެމްއެންޑީއެފް

ޅ.އަތޮޅު ފަޅުރަށަކުން ފެނުނު ކިނބޫ /ފޮޓޯ: އެމްއެންޑީއެފް

ޅ.އަތޮޅުގެ ފަޅުރަށަކުން ފެނުނު ކިނބުލެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާ ހަވާލުކޮށްފިއެވެ.

މި ކިނބޫ ފެނިފައިވަނީ އެ އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ދިއްދޫއަށް ދިޔަ ބަޔަކަށެވެ.

ދިގުމިނުގައި 5 ފޫޓު ހުރި މި ކިނބޫ ފެނިފައިވަނީ ޑިންގީއެއްގައި އެ ރަށަށް ދިޔަ ބަޔަކަށް މިއަދު ހެނދުނު 07:00 ހާއިރުއެވެ. ކިނބޫ ފެނުމާއެކު އެ މީހުން ވަނީ ކިނބޫ ހިފައިގެން ޅ. ނައިފަރަށް ގެންގޮސްފައެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހެނދުނު 10:51 ހާއިރުއެވެ.

މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ވަނީ ހާބަރކްރާފްޓްގައި ނައިފަރަށް ގޮސްފައެވެ. އަދި އެ ކިނބޫ މިހާރު ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސް، ޅ. މާފިލާފުއްޓަށް ގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް