ޖުލައި މަހު ފަވަރަ އާއި އިންޑިއާގެ ޔޫޕީއައި ގުޅާލަނީ

ރާއްޖެއާއި އިންޑިއާއާ ދެމެދު ފައިސާގެ މުއާމަލާތްތައް އިތުރަށް ފަސޭހަކޮށް ރައްކާތެރި ކުރުމަށް، ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައ...

23 Dec 2025 | 05:31
N/A

N/A

ރާއްޖެއާއި އިންޑިއާއާ ދެމެދު ފައިސާގެ މުއާމަލާތްތައް

އިތުރަށް ފަސޭހަކޮށް ރައްކާތެރި ކުރުމަށް، ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް

(ފަވަރަ) އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) އަންނަ އަހަރުގެ

ޖުލައި މަހު ގުޅާލައި ބޭނުންކުރަން ފަށާނެ ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު

މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.

ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި މާލީ ދާއިރާގެ

މުހިންމު ތަރައްގީގެ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި މުނައްވަރު ވިދާޅުވީ،

ޕޭމެންޓް މޯލްޑިވްސް މެދުވެރިކޮށް ބޭރުގެ ޕޭމަންޓް ނެޓްވޯކްތަކާ ގުޅާލުމުން އިތުރު

ލުއިތައް ލިބޭނެ ކަމަށެވެ. އަންނަ އަހަރުގެ އޭޕްރީލް މަހު ކިއުއާރް ކޯޑު މެދުވެރިކޮށް

ޕޭމަންޓްތައް ހެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔޫޕީއައި އަކީ އިންޑިއާގައި މިހާރު ފައިސާގެ މުއާމަލާތްތައް

ކުރުމަށް އެންމެ އާންމުކޮށް ބޭނުންކުރާ އެ ގައުމުގެ ރަސްމީ ޑިޖިޓަލް ޕޭމަންޓް ސިސްޓަމްއެވެ.

އެންމެ ބޮޑެތި ވިޔަފާރިތަކުން ފެށިގެން ޓެކްސީތަކާއި މަގުމަތީގެ ތަރުކާރީ ފިހާރަތަކުގައި

ވެސް ފައިސާގެ މުއާމަލާތަށް ޔޫޕީއައި ބޭނުންކުރެއެވެ. މިދިޔަ ޖުލައި މަހު އެކަމާ ގުޅޭ

ހާއްސަ އެއްބަސްވުމެއްގައި އެމްއެމްއޭއާ އެކު ސޮއިކޮށްފައިވެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން

ސްޓްރެޓެޖީ ވެސް ތައާރަފްކޮށްފައިވެއެވެ. މިއީ 2022 ވަނަ އަހަރު ހެދި ނޭޝަނަލް ފައިނޭންޝަލް

ސާވޭގެ އެހީގައި އެކުލަވާލި ޕްލޭނެކެވެ. އޭގެ އިތުރުން ޕޭމަންޓް މޯލްޑިވްސްގެ އިތުރުން

އިންކްލޫސިވް ގްރީން ފައިނޭންސް ވެސް ތައާރަފްކޮށްފައިވެއެވެ.

އެމްއެމްއޭގެ ދިރާސާތަކާ ހަވާލާދީ ގަވަރުނަރު ވިދާޅުވީ،

މާލީ އެންމެ ފަހުގެ ހިދުމަތްތަކަށް އަދިވެސް ދިވެހިން އެހާ އަހުލުވެރި ނޫން ކަމަށާއި

މާލީ ދާއިރާގެ ހޭލުންތެރިކަން އިތުރު ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ

ކަމަށެވެ. އާ ޕްލޭންގެ ދަށުން އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މާލީ

ދާއިރާ ކުރިއަރުވައި، ރާއްޖޭގެ ޖީޑީޕީ ނިސްބަތުން ހަ ޕަސެންޓުން 12 ޕަސެންޓަށް އެ ދާއިރާގެ

ހިއްސާވާ މިންވަރު ބޮޑުކުރުމެވެ.

ގަވަރުނަރު ވިދާޅުވީ، ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން

ސާވޭއިން ދައްކާގޮތުގައި ރާއްޖޭގެ 14 ޕަސެންޓު އަންހެނުން މާލީގެ ދާއިރާގެ ހިދުމަތްތައް

ނުހޯދާ ކަމަށާއި އިންޝުއަރެންސާއި މާލީ އިތުރު ގިނަ ހިދުމަތްތައް ބޭނުންކުރާ ފަރާތްތައް

އަދިވެސް މަދު ކަމަށެވެ. އަދި އިންޓަނެޓް ބޭންކިން ބޭނުން ކުރަނީ އުމުރުން ދުވަސްވީ

މީހުންގެ 38 ޕަސެންޓު މީހުން ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވި ގޮތުގައި މި އަހަރުގެ ނޮވެމްބަރު

މަހު އެކަނި 165 ސްކޭމުން 1.2 މިލިއަން ރުފިޔާ އަތުލާފައިވެއެވެ. އާ ޕްލޭންގެ ތެރެއިން

އާންމުންނަށް މިހާރަށް ވުރެ ފަސޭހައިން ހިދުމަތްތައް ބޭނުން ކުރެވޭނެ ގޮތްތައް ފަހިކޮށް،

ގިނަ ފަރާތްތަކަށް މާލީ ހިދުމަތްތައް ލިބޭނެ ގޮތްތައް ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް