މި އަހަރުގެ 10 މަހުން ޓޫރިޒަމަށް 1.2 ބިލިއަން ރުފިޔާގެ ލޯނު

މި އަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި ޓޫރިޒަމް ދާއިރާއަށް 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާބުތަކުން ދައްކައިފިއެވެ. އެމްއެމްއޭގެ ހިސާބުތަކުން ...

23 Dec 2025 | 04:55
N/A

N/A

މި އަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި ޓޫރިޒަމް

ދާއިރާއަށް 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ

ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުން، މި އަހަރު

ޖެނުއަރީ މަހު ޓޫރިޒަމް ދާއިރާއަށް 12.4 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު،

އޮކްޓޫބަރު މަހު އެ އަދަދު ވަނީ 13.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ ފަސް

އަހަރު ތެރޭގައި އެންމެ ބޮޑު އަދަދަކަށް ލޯނު ދޫކޮށްފައިވާ ދާއިރާ އެވެ.

މިހާރު ރާއްޖޭގައި 100 އަށްވުރެ ގިނަ ރިސޯޓު ތަރައްގީކުރަމުން

އަންނައިރު، ޓޫރިޒަމް ދާއިރާއިން ހިދުމަތް ދިނުމަށް 67،000 އެނދު ބޭނުންކުރެވެމުން

ދެއެވެ. އޭގެ ތެރެއިން 65 އިންސައްތަ ނިސްބަތްވަނީ ރިސޯޓުތަކަށެވެ.

ލޯނުގެ ގޮތުގައި ދެވަނަ އެންމެ ބޮޑު އަދަދަކަށް ދޫކޮށްފައިވަނީ

ކްރެޑިޓް ކާޑުތަކާއި އަމިއްލަ ފަރާތްތަކަށެވެ. އެ އަދަދު ހުރީ 8.5 ބިލިއަން ރުފިޔާގައެވެ.

ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ލޯނު ދޫކޮށްފައި ވަނީ ކޮންސްޓްރަކްޝަން ދާއިރާއަށެވެ.

އެ ދާއިރާއަށް 8.4 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ.

މި އަހަރުގެ މިހާތަނަށް ހުރިހާ ދާއިރާތަކަށް 46 ބިލިއަން

ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، އެއީ 10 މަހުން ތިން ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އެންމެ މަދުން ލޯނު ދޫކޮށްފައިވަނީ ދަނޑުވެރިކަމުގެ ދާއިރާއަށެވެ. އެ ދާއިރާއަށް

18 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް