ސަރަނގުގެ ތާޢީދު ސަރުކާރު ކެންޑިޑޭޓަށް – ވިދާޅުވީ މާލެއަށް އެންމެ ރަނގަޅީ ސަރުކާރާ ގުޅިފައިވާ މޭޔަރެއް ކަމަށް

މާލޭ ސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު، ކުރިއަށް އޮތް މާލޭ ސިޓީގެ މޭޔަރު އިންތިޚާބުގައި ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ތާޢީދުކުރައްވާކަން މިއަދު ހާމަކުރައްވައިފިއެވެ. ސަރ...

22 Mar 2026 | 10:04
މާލޭ ސިޓީގެ ފުރަތަމަ މޭޔަރު، ސަރަނގު އާދަމް މަނިކު - ފޮޓޯ: ޕީއެސްއެމް

މާލޭ ސިޓީގެ ފުރަތަމަ މޭޔަރު، ސަރަނގު އާދަމް މަނިކު - ފޮޓޯ: ޕީއެސްއެމް

މާލޭ ސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު،

ކުރިއަށް އޮތް މާލޭ ސިޓީގެ މޭޔަރު އިންތިޚާބުގައި ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓް މޫސާ

އަލީ ޖަލީލަށް ތާޢީދުކުރައްވާކަން މިއަދު ހާމަކުރައްވައިފިއެވެ.

ސަރަނގު އާދަމް މަނިކު ވިދާޅުވީ ވަރަށް ބޮޑަށް ވިސްނެވުމަށްފަހު

ސަރުކާރުގެ ކެންޑިޑޭޓަށް ތާޢީދުކުރައްވަން ނިންމެވީ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި

ގޮތުގައި ސަރުކާރާ ދެކޮޅު ޕާޓީއެއްގެ މޭޔަރެއް ހުރީމާ މާލެއަށް ކަމެއް ނުކުރެވި، ދެ

ފަރާތުން ތަޅައި، ގެއްލުންވަނީ މާލެއަށެވެ. ބޯހިޔާވަހިކަމާއި މަގުތަކުގެ މައްސަލައާއި

ރޭގަނޑުގެ އަމާންކަން ފަދަ ޒަމާންވީ މައްސަލަތައް ހައްލުކުރެވޭނީ ސަރުކާރާ ގުޅިފައި

އޮންނަ ކައުންސިލަކާއި މޭޔަރެއް ހުރެގެން ކަމަށް ވިދާޅުވިއެވެ.

މޫސާ އަލީ ޖަލީލާ ގުޅޭ ގޮތުން ސަރަނގު އާދަމް މަނިކު

ވިދާޅުވީ "މޫސާ އަލީ ޖަލީލަކީ މިލިޓަރީ ޕްރޮޑަކްޓެއް، އެހެންވީމަ ޑިސިޕްލިން ހުންނާނެ.

ފޯކަސް ކޮށްފަ އަމާޒެއް ދެއްކީމަ ގޯޅި ނާޅާ ހިނގަން އެނގޭނެ" ކަމަށެވެ. އަދި ޖަލީލާ

ގުޅޭ ގޮތުން ކޮރަޕްޝަންގެ ވާހަކައެއް ދުވަހަކު ވެސް އައްސަވާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ސަރަނގު އާދަމް މަނިކު ވިދާޅުވީ ކުރީގެ މޭޔަރުންނަށް

ބަލާއިރު ވެސް ސިޓީ ކައުންސިލަކުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލެއް ނުކުރެވޭނެ

ކަމަށާއި، އެކަން ކުރެވެނީ ސަރުކާރަށް ކަމަށެވެ. އެހެންކަމުން "މޫސާ ޖަލީލަށް

ދެއްވާ ވޯޓަކީ މާލެއަށް ދެއްވާ ވޯޓެއް" ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް