އުރީދޫ ނޭޝަން ގެ އީއެފްއޭސީ 2025 އެލީޓް ޝޯޑައުން ގެ ޗެމްޕިއަނަކަށް މުހައްމަދު އައިމަން

އޫރިދޫ ނޭޝަން އިން އިންތިޒާމުކޮށްގެން ބޭއްވި އެލީޓް ޝޯޑައުން 2025 - އީ.އޭ.އެފް.ސީ ސީރީޒް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މަޤްބޫލު ފުޓްބޯޅަ ވީޑިއޯ ގޭމެއް ކަމަށްވާ އީ.އޭ.އެފް.ސީ ގެ މި މުބާރާތް ބޭއ...

21 Sep 2025 | 15:49
ޗެމްޕިއަން އައިމަން - ފޮޓޯ: އުރީދޫ މޯލްޑިވްސް

ޗެމްޕިއަން އައިމަން - ފޮޓޯ: އުރީދޫ މޯލްޑިވްސް

އޫރިދޫ ނޭޝަން އިން އިންތިޒާމުކޮށްގެން ބޭއްވި އެލީޓް

ޝޯޑައުން 2025 - އީ.އޭ.އެފް.ސީ ސީރީޒް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

މަޤްބޫލު ފުޓްބޯޅަ ވީޑިއޯ ގޭމެއް ކަމަށްވާ އީ.އޭ.އެފް.ސީ

ގެ މި މުބާރާތް ބޭއްވުނީ ހުޅުމާލޭގައި ހުންނަ އޫރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާރސްގައެވެ.

ސިންގަލް އެލިމިނޭޝަން ފޯމެޓެއްގައި ކުރިއަށް ގެންދެވުނު

މި މުބާރާތުގައި ޖުމްލަ 24 ކުޅުންތެރިން ބައިވެރިވެ ވާދަކުރިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި މުޙައްމަދު އައިމަނަށް

5،000 ރުފިޔާގެ ފައިސާގެ އިނާމު ލިބުނެވެ. ދެވަނައަށް ދިޔަ ޢަބްދުﷲ މާޙިލަށް 3،000

ރުފިޔާ އަދި ތިންވަނައަށް ދިޔަ މުޙައްމަދު ޒަމީލަށް 2،000 ރުފިޔާގެ އިނާމު ލިބިގެން

ދިޔައެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް

ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އިސްވެރިން އަދި ރޭސިން އެސޯސިއޭޝަން

އޮފް މޯލްޑިވްސްގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިވެންޓް ނިންމާލުމުގެ ގޮތުން، މުބާރާތުން ވަނަތައް

ހޯދި ދެ ކުޅުންތެރިން ކަމުގައިވާ ޒަމީލާއި އައިމަން ވަނީ އެފްސީ26 ގައި ޑެމޯ މެޗެއް

ކުޅެ، ވާދަވެރި ފުޓްބޯޅަ ގޭމިންގގެ ދެން ކުޅޭ ގޭމް، އީއޭއެފްސީ 26ގެ ފުރަތަމަ ތަޖުރިބާ

ދައްކާލާފައެވެ. މިއީ ރާއްޖޭގެ އީސްޕޯޓްސް ދާއިރާއަށް ލިބިގެންދިޔަ ވަރަށް މުހިންމު

ކުރިއެރުމެއް ކަމުގައި ފާހަގަކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް