އުރީދޫގެ 16 ވަނަ އުމްރާ ދަތުރު މަލްޝާއަށް

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިން "ލިވް އަންލިމިޓަޑް" ގެ 16 ވަނަ ނަސީބުވެރި ފަރާތަކަށް ށ. ގޮއިދޫ، އާމިނަތު މަލްޝާ ހޮވިއްޖެއެވެ. މަލްޝާއަށް ލިބިފައި ވަނީ އުމްރާ ދަތުރެކެވެ. މި ކެމް...

16 Mar 2026 | 16:13
N/A

N/A

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިން "ލިވް އަންލިމިޓަޑް" ގެ 16 ވަނަ ނަސީބުވެރި ފަރާތަކަށް ށ. ގޮއިދޫ، އާމިނަތު މަލްޝާ ހޮވިއްޖެއެވެ.

މަލްޝާއަށް ލިބިފައި ވަނީ އުމްރާ ދަތުރެކެވެ.

މި ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން ނަސީބުވެރި އެއް ކަސްޓަމަރަކަށް އުމްރާ ދަތުރެއް ލިބޭ ގޮތަށް ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިނުގައި ޖުމްލަ 19 ކަސްޓަމަރަކަށް އުމްރާ ދަތުރު ދިނުމަށް ހަމަޖެހިފައިވާ އިރު، ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާ އިން މަތިން ރީޗާޖު ކޮށް، ބިލު ދައްކާ ނުވަތަ އެޑް-އޮން ބޭނުންކުރާ ކަސްޓަމަރުންނަށެވެ. އަލަށް ގުޅޭ ކަސްޓަމަރުން 400 ރުފިޔާ އިން މަތިން ޚަރަދުކުރަން ޖެހެއެވެ. ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ވެސް މި ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް