ރައީސް މިއަދު ޑޯ ޓު ޑޯ ހަރަކާތުގައި -
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް ތާއީދު ހޯދުމަށް ކުރިއަށް ގެންދާ ޑޯޓުޑޯ ކެންޕޭނު ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާޓީގެ ލީޑަރުގެ ޙައިޘިއްޔަތުން މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

މިއަދުގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ވަޑައިގެންނެވީ މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގޭގެއަށެވެ. އަދި މަގުމަތިން ގިނަ ޢަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.

ރައީސްގެ އަރިހުގައި މި ހަރަކާތުގައި ދައުލަތުގެ ވަޒީރުންނާއި ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލާއި، މާލެ ސިޓީ ކައުންސިލަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް