އިންތިޚާބުގައި އެމްޑީޕީއާއެކު ކުރިއަށްދާން އިގުރާރުވި ޑިމޮކްެެރެޓްސް އިންވެސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ދި ޑިމޮކްރެޓްސްގެ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. ޑިމޮކްރ...

19 Jan 2026 | 04:22
ޑިމޮކްރެޓްސްގެ ކުރީގެ ޖަލްސާއެއްގައި ---

ޑިމޮކްރެޓްސްގެ ކުރީގެ ޖަލްސާއެއްގައި ---

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ދި ޑިމޮކްރެޓްސްގެ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ޑިމޮކްރެޓްސްއިން ރޭ ނެރެފައިވާ ޕްރެސް ރިލީސްއެއްގައި ވަނީ އެ ޕާޓީގެ އިންޓަރިމް ކޮމެޓީއިން އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކޮށް އިންތިހާބުގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެމްބަރުންނަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި ޕާޓީގެ އެޑްމިންއިން ކުރަންޖެހޭ ކަންކަމާއި ގުޅޭ މައުލޫމާތު އެކަށީގެންވާ މިންވަރަކަށް ހޯދާފައި ވާކަމަށެވެ.

އެހެންކަމުން ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންްވާ ޑިމޮކްރެޓްސްގެ މެމްބަރުންނަށް އެ ފުރުސަތު ހުޅުވާލާފައި ވާކަމަށާއި އިންތިހާބުގެ އެޕްލިކޭޝަން ހުށަހެޅުމަށް އީސީއިން ޕޯޓަލް ގާއިމްކޮށްފައި ވާކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.

ލޯކަލް ކައުުންސިލް އިންތިހާބާއި އަންހެނުންގެ ތރައްގީއަށް މަސައްކަތްކުރ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިމަހުގެ 17ވީ ހޮނިހިރު ދުވަހުގައެވެ. އެ މޖުއްދަތު ހަމަވާނީ މީގެ ދެ ހަފްތާ ފަހުން އަންނަ ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހުގައެވެ.

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސަައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ އަންނަ އެޕްރީލްމަހުގެ 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ.

ޑިމޮކްރެޓްސް އިން އެ ޕާޓީގެ އިސް ވެރީންތަކެއް ވަކިވެ އަލުން އެމްޑީޕީއާއި ގުޅެން ނިންމި ދުވަހު އެ ޕާޓީއިން އިގުރާރެއް ފާސްކުރިއެވެ.

އެ އިގުރާރުގައި"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށް ޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ހިިނދު، މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީ އާ ގުޅުމަށް އިގުރާރުވަމެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް