މޯލްޑިވްސް ޕްރިމިއާ ބޭންކަށް ބޭންކިން ލައިސަންސް ދީފި

ރާއްޖޭގައި ކޮމާޝަލް ބޭންކިންގެ ވިޔަފާރިކުރުމުގެ ލައިސަންސާއި އޮޕަރޭޝަނަލް އެޕްރޫވަލް، މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑަށް މަރުކަޒީ ބޭންކު އެމްއެމްއޭ އިން މިއަދު ދީފައިވާ ކަމަށް އެ އޮތޯރިޓ...

18 May 2026 | 18:29
N/A

N/A

ރާއްޖޭގައި ކޮމާޝަލް ބޭންކިންގެ ވިޔަފާރިކުރުމުގެ ލައިސަންސާއި އޮޕަރޭޝަނަލް އެޕްރޫވަލް، މޯލްޑިވްސް ޕްރިމިއާ ބޭންކް ޕްރައިވެޓް ލިމިޓެޑަށް މަރުކަޒީ ބޭންކު އެމްއެމްއޭ އިން މިއަދު ދީފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

އެ ބޭންކު ހިންގުމުގެ ލިޔުމާ ހަވާލުވެވަޑައިގަތީ މޯލްޑިވްސް ޕްރިމިއާ ބޭންކުގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހެވެ. މި ލައިސަންސް ދީފައި ވަނީ ޓިއާ 1 ގެ ބޭންކެއް ގާއިމުކުރުމަށް މިދިޔަ އަހަރުގެ މެއި 19 ވަނަ ދުވަހު ދިން ހުއްދައިގެ ދަށުން އެމްއެމްއޭ އިން ކަނޑައެޅި ޝަރުތުތައް އެ ބޭންކުން ފުރިހަމަކުރުމުންނެވެ.

އެމްއެމްއޭ އިން ބުނީ "މޯލްޑިވްސް ޕްރިމިއާ ބޭންކަށް ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަކުރުމަށާއި ބޭންކިން ސިނާއަތުގައި ވާދަވެރިކަން އިތުރުކޮށް، ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް" ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް