N/A
އުރީދޫ ފަން ރަން ކުޑަކުދިންގެ ހަވީރުގައި މޯލްޑިވްސް
ފްރީ ފްލައިންގ އެސޯސިއޭޝަންގެ ދޫނިތައްވެސް ބައިވެރިވާނެކަން އުރީދޫއިން ހާމަކޮށްފިއެވެ.
އެގޮތުން، އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް ފްރީފްލައިންގ
އެސޯސިއޭޝަން އާއިއެކު ވަނީ ޕާޓްނަޝިޕެއް ހެދިފައިވާއިރު މި ޕާޓްނަރޝިޕާއެކު މއެސޯސިއޭޝަންގެ
މެންބަރުންގެ ދޫނިތައް ފަން ރަންގައި ބައިވެރިކުރާނެ ކަމަށާއި އަދި ފަން ރަންގެ ކުޑަކުދިންގެ
ހަވީރުގައި ބައިވެރިވާނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.
ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ 18 ޑިސެމްބަރ ވާ
ބުރާސްފަތި ދުވަހު ހަވީރު ހަތަރަކުން ހަޔަކަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ފްރީ ފްލައިން މޯލްޑިވްސް އެސޯސިއޭޝަނަކީ ދޫނި ގެންގުޅުމާއި
ދޫނި ސޫފާސޫފީގެ މުޖުތަމައުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ އަމިއްލަ
ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މަގްސަދަކީ އެކުވެރި ދޫނިތަކުގެ މިނިވަންކަން ކަށަވަރު
ކުރުމަށް ވެލްފެއަރ ފަސްޓް ސްޓޭންޑަޑްތަކާއި، ދޫނި ގެންގުޅޭ ގޮތުގެ ރަގަޅު މައުލޫމާތު
ފޯރުކޮށްދިނުމެވެ.
އެ ޖަމިއްޔާއަކީ ދޫނި ގެންގުޅޭ ފަރާތްތަކުން އިސްނަގައިގެން
އުފައްދާފައިވާ ފުރަތަމަ އެން.ޖީ.އޯއެވެ. އެ އެން.ޖީ.އޯގެ ހާއްސަ ހަރަކާތެއް 40 ދޫންޏާއެކު
ގުރައިދޫގައި 20 ޑިސެމްބަރ ގައި ކުރިއަށް ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް