N/A
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ
ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޗީފް
އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަކާއި ޗީފް އޮޕަރޭޓިން އޮފިސަރ (ސީއޯއޯ) އަކު ހޯދަން
އިޢުލާނުކޮށްފިއެވެ.
15 ޖަނަވަރީގެ ކުރިއަށް ކުރިމަތިލުމުގެ ފުރުޞަތު
ހުޅުވާލާފައިވާ އެ ދެ އިޢުލާނަށް ބަލައިލާއިރު ސީއީއޯއަށް ކުރިމަތިލާ ފަރާތެއްގެ
އަތުގައި ކަމާއި ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީއެއް އޮންނަން ޖެހެއެވެ. ތަޖުރިބާއަށް
ބަލާއިރު ޕޭމަންޓާއި، ފިންޓެކާއި ބޭންކިންގ ދާއިރާއިން ކުރެ ދާއިރާއެއްގައި ސީނިއާ
ރޯލެއް އަދާކުރުމުގެ 15 އަހަރުގެ ތަޖުރިބާ އޮންނަން ޖެހެއެވެ.
ސީއޯއޯގެ މަޤާމަށް ބަލައިލާއިރު ބިޒްނަސް އެޑްމިނިސްޓްރޭޝަން،
އިންފޮމޭޝަން ޓެކްނޮލޮޖީ، ލޯ، ފައިނޭންސް ނުވަތަ އެ ނޫންވެސް ގުޅުންހުރި
ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވުން ލާޒިމެވެ. ތަޖުރިބާއަށް ބަލައިލާއިރު
ފައިނޭންޝަލް ސެކްޓަރ، ފައިނޭންޝަލް ސާވިސް އަދި އެނޫންވެސް ގުޅުންހުރި
ދާއިރާއެއްގެ ޕްރައިވެޓް ސެކްޓާގައި މަދުވެގެން 10 އަހަރު ދުވަހު މެނޭޖީރިއަލް
ރޯލެއްގައި ތަޖުރިބާ ލިބިފައި ހުންނަންޖެހެއެވެ.
ވަޒީފާއަށް ކުރިމަތިލުމަށް އީމެއިލް މެދުވެރިކޮށް [email protected] އަށް މެއިލް ކުރުމަށް އެދިފައިވެއެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް
ބޭނުންފުޅުނަމަ 3012187 އަށް ގުޅުމަށްވެސް އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް