އެމް.އެމް.އޭ އިން އޯޕަން މާކެޓް އޮޕަރޭޝަންސް އަލުން ފެށުމަށް ނިންމި ނިންމުމަށް އައި.އެމް.އެފް އިން މަރުޙަބާ ކިޔައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ހުޅުވިފައިވާ ބާޒާރުގެ މުޢާމަލާތްތައް ނުވަތަ އޯޕަން މާކެޓް އޮޕަރޭޝަންސް އަލުން ފެށުމަށް ނިންމި ނިންމުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފ...

17 Jun 2026 | 05:58
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) - ފައިލް ފޮޓޯ: ދުވަސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) - ފައިލް ފޮޓޯ: ދުވަސް

މޯލްޑިވްސް

މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ހުޅުވިފައިވާ ބާޒާރުގެ މުޢާމަލާތްތައް

ނުވަތަ އޯޕަން މާކެޓް އޮޕަރޭޝަންސް އަލުން ފެށުމަށް ނިންމި ނިންމުމަށް އިންޓަރނޭޝަނަލް

މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން މަރުޙަބާ ކިޔައިފިއެވެ.

އެ އިދާރާއިން

ސިފަކުރާ ގޮތުގައި މިއީ ރާއްޖޭގެ މަނިޓަރީ ޙާލަތު އިތުރަށް ހަރުދަނާކުރުމަށް

އެޅުނު މުހިންމު ފިޔަވަޅެކެވެ.

އައި.އެމް.އެފް

އިން މިކަން ފާހަގަކޮށްފައިވަނީ، އެ އިދާރާގެ އާޓިކަލް IV މިޝަންގެ

ދަށުން 2026 ވަނަ އަހަރަށް އަމާޒުކޮށް ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ބެލުމަށްފަހު

އެކުލަވައިލި ރިޕޯޓުގައެވެ.

"އެމް.އެމް.އޭ އިން އޯޕަން މާކެޓް އޮޕަރޭޝަންތައް އަލުން

ފެށުމަށް ނިންމުމަކީ އުފަލާއެކު ބަލައިގަންނަ ކަމެއް،" އައި.އެމް.އެފްގެ

ވަފުދުން ނެރުނު ބަޔާނުގައި ވެއެވެ. އަދި މަނިޓަރީ ސިޔާސަތު އިތުރަށް ހަރުދަނާކޮށް

ބާރުވެރިކުރުވުމަށްޓަކައި މި މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ

މުހިންމުކަން އެ އިދާރާއިން ފާހަގަކުރިއެވެ.

އޯޕަން

މާކެޓް އޮޕަރޭޝަންތަކަކީ މާލީ ނިޒާމުގައި ދައުރުވާ ފައިސާ ނުވަތަ ލިކިއުޑިޓީ

މަރުކަޒީ ބޭންކުން ކޮންޓްރޯލްކޮށް ބެލެހެއްޓުމަށް ބޭނުންކުރާ މަނިޓަރީ ސިޔާސަތުގެ

ވަސީލަތެކެވެ.

އައި.އެމް.އެފްގެ

ވަޒަންކުރުމުގައި ބުނެފައިވަނީ، މިއީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އިޤްތިޞާދީ

ފިއްތުންތަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި، މަނިޓަރީ އަދި މާލީ

ހަމަޖެހުން ދެމެހެއްޓުމަށް އެމް.އެމް.އޭ އިން ކުރަމުންދާ މަސައްކަތުގެ މުހިންމު

ބައެއް ކަމަށެވެ.

އެ

އިދާރާއިން އިތުރަށް ފާހަގަކުރި ގޮތުގައި، ރާއްޖޭގެ މާލީ ނިޒާމު މިހާތަނަށް އޮތީ

ހަމަޖެހުމެއްގެ ތެރޭގައެވެ. އަދި ބޭރު ފައިސާއާ ބެހޭ އައު ޤާނޫނުގެ ސަބަބުން ބޭރު

ފައިސާގެ ތާށިކަން ކުޑަވެ، ބައިނަލްއަޤްވާމީ ރިޒާވް އިތުރުކުރުމަށް އެހީތެރިވެދީފައިވާ

ކަމަށް ވެސް އައި.އެމް.އެފް އިން ބުންޏެވެ.

މީގެ

އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމަށް ލިބެމުންދާ ބޮޑު ކުރިއެރުމާއި، ބޭރުގެ

ޤައުމުތަކުން ރާއްޖެއަށް ލިބެމުންދާ މާލީ އެހީތެރިކަމުގެ ސަބަބުން، ރާއްޖޭގެ

ބޭރުގެ މާލީ ޙާލަތަށް ކުރިމަތިވެފައިވާ ކުރު މުއްދަތުގެ ގޮންޖެހުންތައް

ކުޑަކުރުމަށް ބާރަކަށް ވެފައިވާކަން އެ އިދާރާއިން ފާހަގަކުރިއެވެ.

އައި.އެމް.އެފް

އިން ލަފާދީފައިވަނީ، މަނިޓަރީ ދާއިރާއިން އަޅާ ފިޔަވަޅުތަކާއެކު، އިޤްތިޞާދީ

ގޮތުން ހުރި ނުބައްދަލު ކަންކަން ޙައްލުކުރުމަށްޓަކައި މެކްރޯ-އިކޮނޮމިކް

ބަދަލުތަކެއް ގެނައުމަށެވެ. މިއީ ރާއްޖޭގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށާއި

އިޤްތިޞާދީ ހަމަޖެހުން އިއާދަކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ

އިދާރާއިން ބުނެއެވެ.

އަދި

މާލީ ދާއިރާގެ ކަންކަން ވަރަށް ގާތުން ބަލައި ރެގިއުލޭޓް ކުރުމަށާއި، ބޭންކިންގް

ސުޕަވިޝަން އަދި ކްރައިސިސް މެނޭޖްމަންޓް ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް

ވެސް އައި.އެމް.އެފް އިން ވަނީ ގޮވާލާފައެވެ. މަރުކަޒީ ބޭންކާއި މާލީ ދާއިރާގެ

ޤާނޫނުތަކާއި ގަވާއިދުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ މާލީ ހަމަޖެހުން

ދެމެހެއްޓުމަށާއި، ސިޔާސަތުތަކަށް އޮންނަ އިތުބާރު ބޮޑުކުރުމަށް ކުރެވޭނެ މުހިންމު

މަސައްކަތެއް ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.

އައި.އެމް.އެފްގެ

މި މިޝަން ކުރިއަށް ގެންގޮސްފައިވަނީ ޕިޔަޕޯން ސޮޑްސްރީވިބޫންގެ އިސްނެންގެވުމުގެ

ދަށުން ޖޫން މަހުގެ 4 އިން 14 އަށެވެ. މި ދަތުރުގައި އެ ވަފުދުން ވަނީ ފިނޭންސް

މިނިސްޓަރު ޙަސަން ޒަރީރު، އެމް.އެމް.އޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު،

ސަރުކާރުގެ އިސް އޮފިޝަލުން، އަމިއްލަ ދާއިރާގެ މަންދޫބުން އަދި ތަރައްޤީގެ

ބައިވެރިންނާ ބައްދަލުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް