ޢީދު ބަންދު ތެރޭ ބޭންކުތައް ހުޅުވާނީ އެންމެ ދުވަހަކު

އަޟްޙާ ޢީދުގެ ބޮޑު ބަންދާ ދިމާކޮށް ސަރުކާރު އޮފީސްތަކާއި ބޭންކުތައް ގިނަ ދުވަސްތަކަކަށް ބަންދުވާތީ، ބޭންކިން ޚިދުމަތް ދިނުމަށް ޚާއްޞަ ދުވަހެއް ކަނޑައަޅާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް...

17 May 2026 | 18:30
N/A

N/A

އަޟްޙާ ޢީދުގެ ބޮޑު ބަންދާ ދިމާކޮށް ސަރުކާރު އޮފީސްތަކާއި ބޭންކުތައް ގިނަ ދުވަސްތަކަކަށް ބަންދުވާތީ، ބޭންކިން ޚިދުމަތް ދިނުމަށް ޚާއްޞަ ދުވަހެއް ކަނޑައަޅާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

މި މަހުގެ 24 އިން 30 ގެ ނިޔަލަށް ސަރުކާރު ބަންދުވީ ނަމަވެސް، 28 ވާ ބުރާސްފަތި ދުވަހު ބޭންކުތައް ހުޅުވުމަށް ވަނީ ނިންމައިފައެވެ. އެ ދުވަހު ބޭންކިން ޚިދުމަތް ލިބޭނީ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށެވެ. ނަމަވެސް އެ ދުވަހު ނަގުދު ފައިސާއާއި ވަކިލާރި ދޫނުކުރާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އެހެންކަމުން ޢީދު ބަންދުގެ ދުވަސްތަކުގައި ބޭނުންވާނެ ކަމަށް ލަފާކުރެވޭ ނަގުދު ފައިސާއާއި ވަކިލާރި، މި ހަފުތާގެ ރަސްމީ ދުވަސްތަކުގެ ތެރޭގައި ބޭންކުން ހޯދައި ނިންމުމަށް އެމްއެމްއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މި އަހަރުގެ ކަލަންޑަރުގައިވާ ގޮތުން މި މަހުގެ 26 ވާ އަންގާރަ ދުވަހަކީ ބަރަކާތްތެރި ޢަރަފާތު ދުވަހެވެ. ޢީދު ދުވަހަކީ އެއާ ޖެހިގެން އަންނަ 27 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް