އެމްއެމްއޭގެ އެޑްވައިޒަރުންގެ މަގާމުތައް އުވާލަން ބޯޑުން ނިންމައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އޮނިގަނޑަށް ގެނައި ބަދަލުތަކެއްގެ ތެރެއިން، އެ އޮތޯރިޓީގެ އެޑްވައިޒަރުންގެ މަގާމުތައް އުވާލަން އެމްއެމްއޭގެ ބޯޑުން ފާސްކޮށްފައިވާ ކަމަށް "ދުވަސް" އަށް އެނގ...

17 Feb 2026 | 15:41
N/A

N/A

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އޮނިގަނޑަށް ގެނައި ބަދަލުތަކެއްގެ ތެރެއިން، އެ އޮތޯރިޓީގެ އެޑްވައިޒަރުންގެ މަގާމުތައް އުވާލަން އެމްއެމްއޭގެ ބޯޑުން ފާސްކޮށްފައިވާ ކަމަށް "ދުވަސް" އަށް އެނގިއްޖެއެވެ.

އެމްއެމްއޭގެ ސްޓްރަކްޗަރަލް އަދި އޮޕަރޭޝަނަލް ބަދަލުތަކެއްގެ ދަށުން ނިންމި މި ނިންމުމާ ގުޅިގެން، މިހާރު ތިބި އެޑްވައިޒަރުންނަށް ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ނޯޓިސް ދީ، ދެ އިހުތިޔާރެއް ވަނީ ހުށަހަޅައިފައެވެ. ފުރަތަމަ އޮޕްޝަނަކީ ވަޒީފާއާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ (ޅ) ގެ ދަށުން ތިން މަސް ދުވަހު ވަޒީފާގައި ދެމިހުރެ، އިތުރު ތިން މަސް ދުވަހުގެ މުސާރައާއި އިނާޔަތާ އެކު ވަޒީފާ އުވިގެން ދިއުމެވެ. ދެވަނަ އޮޕްޝަނަކީ އެ ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސް މުއްދަތުގެ ބަދަލުގައި ޖުމްލަ ހަ މަސް ދުވަހުގެ ފައިސާއާއި އިނާޔަތްތައް ލިބޭ ގޮތަށް މަގާމު އުވާލުމެވެ.

މި ކަމާ ގުޅޭ ގޮތުން އެމްއެމްއޭގެ ރަސްމީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް މައުލޫމާތު އެނގޭ ފަރާތަކުން ދުވަހަށް ބުނީ، މި ނިންމުން ނިންމީ ގަވަރުނަރަށް ދޭން ޖެހޭ ލަފާ އެޑްވައިޒަރުންނަށް ނުދެވޭތީ، މިއީ މި ވަގުތަށް އެމްއެމްއޭ އަށް މުހިންމު މަގާމުތަކެއް ކަމަށް ނުފެންނާތީ ކަމަށެވެ. އެ މަގާމުތަކުގައި ތިބި ފަރާތްތަކަށް އަހަރަކު 2.4 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ވެސް އޮފިޝަލް ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް