N/A
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ
ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް
ބަލައިގަތުމަށްޓަކައި ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ އިންތިޚާބާބެހޭ
މަރުކަޒުގައި ޤާއިމުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވާގޮތުގައި
އިންތިޚާބުތަކާ ގުޅިގެން ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ޤާއިމުކުރުމުގެ
މައިގަނޑު މަޤްސަދަކީ، ރައްޔިތުންނަށް ފަސޭހައިން އިންތިޚާބީ ޝަކުވާ ނުވަތަ މައްސަލަ
ހުށަހެޅުމަށާއި އެ ހުށަހަޅާ ޝަކުވާއެއް ނުވަތަ މައްސަލަތައް އަވަހަށް ބެލޭނެ ނިޒާމެއް
އެކަށައެޅުމަށެވެ.
ޝަކުވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބިއުރޯގެ
އީމެއިލް [email protected] އަދި ކޮމިޝަނުގެ ކައުންޓަރުތައް މެދުވެރިކޮށެވެ.
ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ ކޮމިޝަނުގެ ވެބްސައިޓު، އިންތިޚާބާބެހޭ މަރުކަޒު
އަދި މިކޮމިޝަނުގެ އިދާރާގެ ކައުންޓަރުންނެވެ. މީގެ އިތުރުން ސިޓީ/އަތޮޅު/ރަށު/އަވަށު
ކައުންސިލްތަކުގެ ފޯކަލް ޕޮއިންޓުންނާއި ރާއްޖެއިން ބޭރުގައި ހަމަޖައްސާފައިވާ ފޯކަލް
ޕޮއިންޓު މެދުވެރިކޮށް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެކަމަށްވެސް
ބުނެފައިވެއެވެ.
"ކައުންޓަރު ހުޅުވިފައި ހުންނާނީ،
ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ.
އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 06:00 އަށް" އީސީއިން
ބުނެފައިވެއެވެ.
ކޮމިޝަނުން އިތުރަށް ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ
ވޯޓު ނެގުމަށް ހަމަޖެހިފައިވާ 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު، ވޯޓުނަގަން ފެށުނީއްސުރެން
ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށް ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް