ސަރުކާރު ޓެކްސީލައިނަށް ޑްރައިވަރުން ނެގުމުގެ އިންޓަވިއު ފެށިގެން ކުރިއަށް

ސަރުކާރު ޓެކްސީލައިނަށް ޑްރައިވަރުން ހޯދުމަށް ކުރިއަށްގެންދާ ވޯކް-އިން އިންޓަވިއުތައް ފެށިގެން ކުރިއަށްއެބަ ދެއެވެ. މި އިންޓަވިއު ކުރިއަށްދަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން އިރު އޮއްސި 06:00 އާއި...

17 Jan 2026 | 09:52
އިންޓަވިއު ފެށިގެން ކުރިއަސް - ފޮޓޯ: ޕީއެސްއެމް

އިންޓަވިއު ފެށިގެން ކުރިއަސް - ފޮޓޯ: ޕީއެސްއެމް

ސަރުކާރު ޓެކްސީލައިނަށް ޑްރައިވަރުން ހޯދުމަށް

ކުރިއަށްގެންދާ ވޯކް-އިން އިންޓަވިއުތައް ފެށިގެން ކުރިއަށްއެބަ ދެއެވެ.

މި އިންޓަވިއު ކުރިއަށްދަނީ މިއަދު ހެނދުނު 10:00

އިން ފެށިގެން އިރު އޮއްސި 06:00 އާއި ހަމައަށެވެ. މާފަންނނު ބަސް ޓާމިނަލުގައި

ކުރިއަށްގެންދާ އިންޓަވިއުތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެމްޓީސީސީއިން

ބުނެއެވެ.

އެމްޓީސީސީއިން އިޢުލާނުކޮށްފައިވާގޮތުގައި ޓެކްސީލައިންގެ

ޚިދުމަތް ދިނުމަށް 407 ޑްރައިވަރުން ބޭނުންވެއެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން

ހޯދަނީ ޕާޓްޓައިމްކޮށް ވަޒީފާ އަދާކުރާ ގޮތަށެވެ. 285 ޑްރައިވަރުން ހޯދަނީ

ފުލްޓައިމް ވަޒީފާ އަދާކުރާގޮތަށެވެ.

ސަރުކާރުން ކުރިން ހާމަކޮށްފައިވާގޮތުގައި އޫބާ

އާއި ގްރޭބް ފަދަ ޚިދުމަތްދޭ ވައްޓަފާޅިއަށް އެޕްލިކޭޝަނެއް މެދުވެރިކޮށް ދޭން

ނިންމާ މި ޓެކްސީލައިންގެ ޚިދުމަތުގައި ތިން ސައިޒެއްގެ ޓެކްސީ ބޭނުންކުރާނެއެވެ. އަދި

24 ގަޑިއިރު ޚިދުމަތް ދޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް