އުރީދޫ ފަން ރަން ކުޑަކުދިންގެ ހަވީރު 18 ޑިސެމްބަރުގައި ރޮބޯމޭން އާއެކު

އުރީދޫ ފަން ރަން ހަރަކާތްތައް ފެށުމުގެ ގޮތުން ބާއްވާ ކުޑަކުދިންގެ ހަވީރަކީ ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަކޮށްގެން ބާއްވާ އުފާވެރި އިވެންޓްކެވެ. މި ހަރަކާތް ކުރިއަށްދާނީ 18 ޑިސެމްބަރު 2025 ވާ ބުރާސ...

16 Dec 2025 | 14:13
N/A

N/A

އުރީދޫ ފަން

ރަން ހަރަކާތްތައް ފެށުމުގެ ގޮތުން ބާއްވާ ކުޑަކުދިންގެ ހަވީރަކީ ކުޑަކުދިންނާއި

އާއިލާތަކަށް ހާއްސަކޮށްގެން ބާއްވާ އުފާވެރި އިވެންޓްކެވެ.

މި ހަރަކާތް ކުރިއަށްދާނީ 18 ޑިސެމްބަރު 2025 ވާ ބުރާސްފަތި

ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.

ކޮމިއުނިޓީ

ފޯކަސްޑް ބްރޭންޑެއްގެ ހައިސިއްޔަތުން އުރީދޫއިން ދަނީ އާއިލާތައް އެއްތަނަކަށް

އެއްވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގިނަ ފުރުސަތުތަކެއް

ފޯރުކޮށްދެމުންނެވެ. މި އަހަރުގެ ކުޑަކުދިންގެ ހަވީރުގައި ތަފާތު ގޭމްތަކާއި

އިނާމުތައް ހިމެނިފައިވެއެވެ. އަދި ފްރީ ފްލައިން އެސޯސިއޭޝަނުން ވެސް މި

ހަރަކާތުގައި މަކާއޯ ދޫނިތައް ދައްކާލާނެ އެވެ.

މި އިވެންޓުގައި އެންމެ ހާއްސަ އެއް ހަރަކާތަކީ ކުޑަކުދިންގެ

ފެވަރިޓެއް ކަމައްވާ ރޮބޯމޭން ގެ ހަރަކާތެވެ.

މި

ހަރަކާތަކީ އުރީދޫ ފަން ރަން 2025 އަށް ތައްޔާރުވުމުގެ ގޮތުން ކުޑަކުދިންނަށް

ހިތްފަސޭހަ، ހިތްގައިމު އަދި އާއިލާއާ ރައްޓެހި މާހައުލެއް ގާއިމްކޮށްދޭނެ

އިވެންޓެކެވެ.

ތަން:

ސެންޓްރަލް ޕާކް، ހުޅުމާލެ

ތާރީޚް: 18

ޑިސެމްބަރ 2025

ގަޑި:

ހަވީރު 4:00 އިން 6:00 އަށް

މި

އިވެންޓަކީ ހިލޭ ކޮންމެ މީހަކަށް ވެސް ހުޅުވާލެވިފައިވާ އިވެންޓެކެވެ. އުރީދޫ ފަން

ރަންގެ ހަރަކާތްތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އުރީދޫ މޯލްޑިވްސް

ސޯޝަލް މީޑިއާގައި ފޮލޯ ކުރައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް