ޚައްޖަގެ ކެމްޕޭނު ޕޯސްޓަރެއް -
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި އެމްޑީޕީގެ
ޕްރައިމަރީގައި މާލޭ ސިޓީ ކައުންސިލުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވާން
ޚަދީޖާ މުޙައްމަދު (ޚައްޖަ) ނިންމަވައިފިއެވެ.
މިކަން ޚައްޖަވަނީ އެކަމަނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި
އިޢުލާނު ކުރައްވާފައެވެ.
މިކަން އިޢުލާނުކުރައްވައި ކުރެއްވި ޕޯސްޓެއްގައި
ޚައްޖަ ވިދާޅުވެފައިވަނީ މާތް ﷲ ގެ ވާގިފުޅާއެކު ވާދަކުރުމަށް ނިންމައި އެކަން
އިޢުލާނުކުރައްވާ ކަމަށެވެ.
"އަޅުގަނޑުގެ އިޚްލާޞްތެރި އެދުމަކީ، ދާއިރާގެ
އެންމެހައި ލޮބުވެތި ރައްޔިތުން އަޅުގަނޑަށް އިތުބާރު ކުރައްވައި ވޯޓުދެއްވުން"
ރައްޔިތުންނާ ގާތުން އިޚްލާޞްތެރި ކަމާއެކު ފުރިހަމައަށް މަސައްކަތް ކުރުމަކީ
ޢަޒުމުކަމުގައި ކަނޑައަޅަމުން ޚައްޖަ ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް