އެމްއެމްއޭގެ ގަވަރުނަރު ބަޖެޓު ކޮމިޓީގައި - ފޮޓޯ: މަޖިލިސް
2.5 ބިލިއަން ރުފިޔާގެ މުއާމަލާތަކީ އިންވެސްޓްމަންޓެއް
ކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
ބަޖެޓު ކޮމިޓީއަށް ޖަވާބުދެއްވަމުން އެމްއެމްއޭގެ
ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޕެންޝަން
ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން
ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުން އަތުވެދާނެ ޕްރެޝަރު ކުޑަކުރަން ގެންނަން
ޖެހޭ ބަދަލެއް ގެންނާނެ ކަމަށެވެ.
އެމްއެމްއޭއިން ވަނީ، ޕެންޝަން ފަންޑަށް 2.5 ބިލިއަން
ރުފިޔާ އިންވެސްޓުކުރުމަށް ފަހު، އެ ފައިސާ ފެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް
އިންވެސްޓުކުރުމަށް ނިންމާފައެވެ.
އެ މުއާމަލާތާ ގުޅިގެން ބަޖެޓު ކޮމިޓީގައި ބައެއް މެންބަރުން
ވަނީ ގަވަރުނަރާ ސުވާލުކުރައްވާފައެވެ.
އެ ސުވާލުތަކަށް ދެއްވި ކުރު ޖަވާބުގައި މުނައްވަރު
ވިދާޅުވީ، އެ މުއާމަލާތަކީ އިންވެސްޓުމަންޓެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އެ ކަމުގެ
ސަބަބުން ބާޒާރަށް އަތުވެދާނެ ޕްރެޝަރު ހިފެހެއްޓުމަށް ސިޔާސަތުތަކަށް ގެންނަން ޖެހޭ
ބަދަލުތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް