ޔޫތު ހެކަތޯން: އެއްވަނަ ހޯދައި އެއް ލައްކަ ރުފިޔާ ހާސިލުކުރީ ޓީމް "ސީ ސްޓޭކް"

ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިޔަށް ގެންދިޔަ މޯލްޑިވްސް ޔޫތު ހެކަތޯން އިން އެއްވަނަ "ސީ ސްޓޭކް" ގެ ޓީމު ހޯދައިފިއެވެ. މި ހެކަތޯން ނިންމުމުގެ ގޮތުން ހާއްސަ ރަސްމިއް...

14 Dec 2025 | 04:39
N/A

N/A

ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ

ވުޒާރާއިން ކުރިޔަށް ގެންދިޔަ މޯލްޑިވްސް ޔޫތު ހެކަތޯން އިން އެއްވަނަ "ސީ ސްޓޭކް"

ގެ ޓީމު ހޯދައިފިއެވެ.

މި ހެކަތޯން ނިންމުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް

ރޭ ބާއްވާފައިވާއިރު މި ހެކަތޯންއިން އެއްވަނަ އަށް ދިޔަ "ސީ ސްޓޭކް" ޓީމަށް

100،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ޗީފް އެގެޒެކެޓިވް

އޮފިސަރ ހާލިދު އަލް ހަމާދީއެވެ.

މި ހެކަތޯންގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ

"ވޭވް މައިންޑްސް" އެވެ. މިހަފްލާގައި ރަނަރަޕް ޓީމް "ވޭވް މައިންޑްސް"

އަށް ހަތްދިހަ ފަސްހާސް ރުފިޔާ އަދި ތިން ވަނަ އަށް ހޮވުނު "ސިކް ސޭ ވެން"

ޓީމަށް ފަންސާސްހާސް ރުފިޔާ ވަނީ ހަވާލުކޮށްފައެވެ.

މި ހެކަތޯންގައި ޕިޗް ކުރުމަށް ހަތަރު ދާއިރާއެއް ހުޅުވާލިއެވެ.

އެއީ ސްޕޯޓްސް ފިޓްނަސް އެންޑް އެކްޓިވް ލައިފްސްޓައިލް، މެންޓަލް ވެލްނެސް އެންޑް

ރެސިލެންސް، ޔޫތު ވެންޗަސް އެންޑް ގިގް އިކޮނޮމީ އަދި އާރޓްސް ކަލްޗަރ އެންޑް ޑިޖިޓަލް

ކްރިއޭޓިވިޓީއެވެ.

3

ދުވަހަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 85 ޒުވާނަކު

ބައިވެރިވިއެވެ. ޔޫތު ހެކް ކުރިއަށް ގެންދިޔައީ 11 ޑިސެމްބަރު 2025 އިން ފެށިގެން

13 ޑިސެމްބަރު 2025ގެ ނިޔަލަށެވެ. މެދުނުކެނޑި 48 ގަޑި އިރަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި

ޓިމްތަކުން ތަފާތު 4 ތީމެއް ޓިކް އޭރިއާއަށް ޕިޗް ނުވަތަ ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ.

މި ހެކަތޯންގެ މެއިން ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ.

އަދި ކޯޕާޓްނަރ އަކީ ވިމެން އިން ޓެކްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް