މާލީ ދާއިރާ ކުރިއެރުވުމަށާއި މަނިޓަރީ ގަވަރނަންސް ހަރުދަނާކުރުމަށް އެމްއެމްއޭއިން އައިއައިޔޫއެމް އަދި އެމްއެންޔޫއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އާއެކު ސްޓްރެޓެޖިކް އެމްއޯޔޫއެއްގައި ސޮއިކޮށް...

14 Oct 2025 | 15:26
މިއަދު ބޭއްވި ސޮއެ ކުރުމުގެ ރަސްމިއްޔާތު - ފޮޓޯ: އެމްއެމްއޭ

މިއަދު ބޭއްވި ސޮއެ ކުރުމުގެ ރަސްމިއްޔާތު - ފޮޓޯ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަދި ދިވެހިރާއްޖޭގެ

ޤައުމީ ޔުނިވާސިޓީ އާއެކު ސްޓްރެޓެޖިކް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މަރުކަޒީ ބޭންކުގައި ބޭއްވި ޚާއްސަ

ރަސްމިއްޔާތުގައި އެމްއެމްއޭގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ގަވަރުނަރު

އަޙްމަދު މުނައްވަރެވެ. އަދި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ

(އައިއައިޔޫއެމް)ގެ ފާރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ރެކްޓަރ ޕްރޮފެސަރ

އެމެރިޓަސް ދަތުކް ޑރ. އޮސްމާން ބަކަރއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ

ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ އާއިޝަތު ޝެހެނާޒް އާދަމެވެ.

މިއަދު ސޮއެކުރެވުނު އެއްބަސްވުންތަކުގެ

ސަބަބުން މާލީ ދާއިރާގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަށާއި

އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ފުރިހަމަ އޮނިގަނޑެއް ގާއިމުކުރުމުގެ

މަސައްކަތް ފަށާނެ ކަމަށާއި މި އެމްއޯޔޫގެ

ދަށުން، މި  ދެ މުއައްސަސާއާއި ވަކިވަކިން

ސޮއި ކުރެވުނު ތަމްރީނު ޕްރޮގްރާމްތަކާއި

އިންޓަރންޝިޕް ފުރުސަތުތަކަށް އެއްބާރުލުން ދޭނެކަމުގައި އެމްއެމްއޭއިން ބުނެއެވެ.

މި މަސައްކަތްތަކުން މަރުކަޒީ ބޭންކުގެ މުވައްޒަފުންނާއި

މާލީ ދާއިރާގެ ޕްރޮފެޝަނަލުންނަށް މަނިޓަރީ ސިޔާސަތު ތަންފީޒުކުރުމާއި، މާލީ ނިޒާމުތައް

ދިރާސާކުރުމާއި، ޝަރީޢާއާ އެއްގޮތްވާ ގޮތުގެ މަތިން ރެގިއުލޭޓްކުރުމުގެ ހުނަރުތައް

ތަރައްގީކުރުމަށް އިސްކަންދޭނެކަމުގައިވެސް އެމްއެމްއޭއިން

ބުނެފައިވެއެވެ.

އެމްއެމްއޭއިން އެމްއެންޔޫއާއެކު ސޮއެ ކުރުން - ފޮޓޯ: އެމްއެމްއޭ

މި އެމްއޯޔޫގެ ދަށުން، އިސްލާމީ ބޭންކިންގ އަދި

ފައިނޭންސްގެ ދާއިރާއިން އައިއައިޔޫއެމްގެ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވޭ ތަޖުރިބާ

ބޭނުންކޮށްގެން، ޝަރީޢާއާ އެއްގޮތްވާ ގޮތުގެ މަތިން ރެގިއުލޭޓްކުރުމުގެ އޮނިގަނޑުތައް

ހަރުދަނާކުރުމަށާއި އައު އިސްލާމީ މާލީ އިންސްޓްރުމެންޓުތައް ތަރައްޤީކުރުމަށް

އެމްއެމްއޭއަށް އެހީތެރިވެދޭނެއެވެ.

މި އެއްބަސްވުމުގައި މަނިޓަރީ ސިޔާސަތު، މާލީ

ހަރުދަނާކަން، އަދި ފިންޓެކް ކުރިއެރުންތަކާ ގުޅޭ ގޮތުން އެމްއޯޔޫގެ ބައިވެރިން

އެކުގައި ދިރާސާކުރުމަށްވެސް އިސްކަންދެއެވެ. އެކަޑަމިކް އަދި ރެގިއުލޭޓަރީ ތަޖުރިބާ

ހިއްސާކުރުމުގެ ތެރެއިން، މި ޕާޓްނަރޝިޕުން މަނިޓަރީ ގަވަރނަންސް އަދި މާލީ ނިޒާމުގެ

ދެމެހެއްޓެނިވިކަން އިތުރުކުރުމަށް މާލީ ހެކިތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތަކަށް

ހުށަހެޅުންތައް ހުށަހެޅުމަށް މަސައްކަތްކުރާނެއެވެ.

މި އެމްއޯޔޫގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ

މުއައްސަސާތަކުގެ ބިންގާ ވަރުގަދަވެ، މާލީ ދާއިރާގެ ތަޖުރިބާ އިތުރުވެ، ދެމެހެއްޓެނިވި

އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވޭއިރު މި އެމްއޯޔޫގެ ސަބަބުން އަންނަނިވި ކަންކަން ހާސިލުވާނެކަމަށް

އެމްއެމްއޭއިން އުންމީދު ކުރެއެވެ.

- އިސްލާމީ މާލީ ދާއިރާގައި

ޚާއްސަ ތަމްރީނު ލިބިފައިވާ ޕްރޮފެޝަނަލުންގެ އަދަދު އިތުރުވުން.

- ރާއްޖޭގެ މާލީ ރެގިއުލޭޓަރީ

އޮނިގަނޑު ހަރުދަނާވެ، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމަވުން.

- އިސްލާމީ މާލީ އުފެއްދުންތަކާއި

ޚިދުމަތްތައް އިތުރުވެ، ރާއްޖޭގެ މާލީ ބާޒާރު ފުޅާވުން.

- މަނިޓަރީ ސިޔާސަތު އެކުލަވާލުމާއި

ތަންފީޒުކުރުމުގައި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުން އިތުރުވުން.

- ރާއްޖޭގެ މާލީ ދާއިރާގެ

ދެމެހެއްޓެނިވިކަމާއި ހަރުދަނާކަން އިތުރުވުން.

- އިސްލާމީ މާލީ ދާއިރާއާ

ގުޅޭ ދިރާސާތަކާއި އެކަޑަމިކް މަސައްކަތްތައް އިތުރުވުން.

- ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ

މާލީ މުއައްސަސާތަކާއެކު ރާއްޖޭގެ ގުޅުން ބަދަހިވުން.

- ރާއްޖޭގެ މާލީ ދާއިރާގައި

އިންވެސްޓްކުރުމުގެ ފުރުސަތުތައް އިތުރުވުން.

- މާލީ ދާއިރާގެ އައު

ޓެކްނޮލޮޖީތަކާއި އިންވެސްޓްމަންޓް ވަސީލަތްތައް ތައާރަފުވުން.

- ރާއްޖޭގެ އިޤްތިޞާދީ

ކުރިއެރުމަށް މަގުފަހިވެ، ވަޒީފާގެ ފުރުސަތުތައް އިތުރުވުން.

އެމްއެމްއޭއިން

އިތުރަށް ބުނެފައިވަނީ މި އެމްއޯޔޫގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ

ކުރިއެރުން ވަޒަންކުރުމަށް މުއްދަތުތަކެއް ކަނޑައެޅި، ޤަވާއިދުން މުރާޖަޢާކުރެވޭނޭކަމަށާއި އަދި މި އެއްބާރުލުމުގެ ނަތީޖާތައް އާންމުކޮށް

ޚިއްސާކުރެވޭނެ ކަމަށެވެ. މިއީ ރާއްޖޭގެ

މާލީ ދާއިރާގެ މުސްތަޤުބަލަށް އައު އުންމީދުތަކެއް ގެނެސްދޭ، ވަރަށް މުހިންމު އެއްބަސްވުމެއްކަން ފާހަގަކުރަމުން އެމްއެމްއޭއިން ބުނެފައިވަނީ މި އެއްބާރުލުމުގެ

ސަބަބުން ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ކުރިއަރައި، ބައިނަލްއަޤުވާމީ ފެންވަރުގައި

ރާއްޖޭގެ ދައުރު އިތުރަށް ވަރުގަދަވެގެންދާނެކަމަށް ބެލެވޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް