މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުންނަށް ވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ -
ޕޭޕަލް އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ރާއްޖޭގައި
ޕޭޕަލްގެ ޚިދުމަތް ދިނުމަށް މަސައްކަތް ކުރަން ނިންމާފައިވާކަން އިއުލާންކޮށްފިއެވެ.
އަދި މިޚިދުމަތް ދިނުމަށްޓަކައި އެ ދެ ކުންފުނީގެ ޕާޓްނަރޝިޕްގެ ތަފްސީލް ފައިނަލް
ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނާއި
އަމިއްލަ ފަރުދުންނަށް ވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ.
2026 ވަނަ އަހަރު ތައާރަފް ކުރަން
ހަމަޖެހިފައިވާ ޕޭޕަލް ޚިދުމަތާއިއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޭޕާލް ގެ ޚިދުމަތް
ގަބޫލުކުރާ ކޮންމެ ވިޔަފާރިއަކާއެކުވެސް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށްވެސް
ވިޔަފާރި ކޮށް، ޕޭޕަލް އަދި އެމްފައިސާ އެކްއުންޓް ތަކުން ފައިސާގެ މުއާމަލާތް ކުރެވިގެންދާނެއެވެ.
.މީގެ އިތުރުން ރާއްޖޭގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ހަމައަށް
ވާސިލުވެ، ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މިއީ ދިވެހިރާއްޖެ ޑިޖިޓަލް
އިކޮނޮމީ އަކަށް ކުރާ ދަތުރުގައި ކުރިއަށް ދިޔުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަން
އުރީދޫ ފިންޓެކް މޯލްޑިވްސް އިން ފާހަގަ ކުރެއެވެ.
މިކަމާއި ގުޅޭގޮތުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ
އަދި މެނޭޖިން ޑިރެކްޓަރ ޚާލިދު އަލް ހަމާދީ ވިދާޅުވެފައިވަނީ ދިވެހިރާއްޖެ ޑިޖިޓަލް
ޓްރާންސްފޯމޭޝަންގައި ހަލުވިކަމާއެކު ކުރިއަރަމުން ދާއިރު، ރާއްޖޭގެ ރައްޔިތުންނާއި
ވިޔަފާރިތަކަށް ކްރޮސް ބޯޑަރ ޓްރާންސެކްޝަންތައް ފަހިކޮށްދިނުމަކީ ވަރަށް މުހިންމު
ކަމެއް ކަމަށެވެ.
"އުރީދޫ ފިންޓެކް އަދި ޕޭޕާލްގެ ޕާޓްނަރޝިޕާއެކު
ޕޭޕާލް ވޮލެޓްތައް އެމްފައިސާ ވޮލެޓްތަކާއި ލިންކް ވެގެން ދިޔުމަކީ ވިޔަފާރިތަކާއި
އަމިއްލަ ފަރުދުންނަށް ލިބޭނޭ ވަރަށް ބޮޑު ފުރުސަތެއް އަދި ކުރިއެރުމެއް." އޭނާ
ވިދާޅުވިއެވެ.
"އުރީދޫ ފިންޓެކް އަދި ޕޭޕާލް ގުޅިގެން ޕޭޕާލް
ވޮލެޓް އަދި އެމްފައިސާ ވޮލެޓް ގުޅާލެވުމަކީ ދިވެހިރާއްޖެއަށް ލިބިގެންދާނެ ވަރަށް
ބޮޑު ކުރިއެރުމެއް، އަޅުގަނޑުމެންގެ އުއްމީދަކީ އަންނަ އަހަރު މި ޚިދުމަތް ފެށިގެން
ދިޔުމާއެކު ދުނިޔޭގެ އެކި ހިސާބުގައި ވިޔަފާރި ކުރެވި ދިވެހިންނަށް އާ ފަހި ފުރުސަތުތަކެއް
ރާއްޖޭގައި ތިބެގެން ލިބުން" މިކަމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު
މުޙައްމަދު ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ މި އެއްބަސްވުމާއެކު ރާއްޖޭގެ
އިގްތިޞާދު އިތުރަށް ވަރުގަދަވެ ދިވެހި ރާއްޖެއާއި ދިވެހިރައްޔިތުންނަށް ދުނިޔޭގެ ޑިޖިޓަލް
އިކޮނޮމީގައި ފައިހަމަކުރެވި، ޑިޖިޓަލް ބައިބައިވުންތައް ނައްތާލެވި ދިވެހިން ކުރިއަރައިގެންދާނެ
ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް