ހައްޖު 1447: އިގުތިސޯދީ ހާލަތަށް އިސްރާފު ނުކޮށް ހައްޖުގެ އަޅުކަން އަދާކުރުމަށް އިލްތިމާސްކުރައްވައިފި

ދުނިޔޭގެ އިޤުތިޞާދީ ނުތަނަވަސްކަމާ އެކު، ޙައްރަމައިން އަށް ވަޑައިގަންނަވާ ޙައްޖުވެރީން ޚަރަދު ކޮންޓްރޯލް ކުރައްވައި، އިސްރާފު ނުކުރައްވައި، އަޅުކަމަށް ސަމާލުކަން ދެއްވުމަށް މެލޭޝިޔާގެ އެންމެ އާބާދީ ބޮ...

12 Apr 2026 | 23:32
N/A

N/A

ދުނިޔޭގެ އިޤުތިޞާދީ ނުތަނަވަސްކަމާ އެކު، ޙައްރަމައިން އަށް ވަޑައިގަންނަވާ ޙައްޖުވެރީން ޚަރަދު ކޮންޓްރޯލް ކުރައްވައި، އިސްރާފު ނުކުރައްވައި، އަޅުކަމަށް ސަމާލުކަން ދެއްވުމަށް މެލޭޝިޔާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމަށްވާ ސެލެންގޯގެ ސުލްޠާން ޝަރަފުއްދީން އިދުރީސް ޝާހު ގޮވާލައްވައިފިއެވެ.

ސެލެންގޯ ޕްރިމިއާ ޙައްޖު ކޯސް 2026 ހުޅުއްވައިދެއްވަމުން ސުލްޠާން ވިދާޅުވީ، ޙައްޖުވެރީން ފަރުޟު އަޅުކަންތައް ފުރިހަމަ ކުރެއްވުމަށް އިސްކަން ދެއްވައި، ޙަރަމްފުޅުގައި ވިޔަފާރި ކުރެއްވުމާއި ޚަރަދު ކުރެއްވުން މަދުކުރެއްވުމަށެވެ. މީގެ އިތުރުން، ނޭނގޭ ނުވަތަ ވެރިފައި ނުކުރެވޭ އެޖެންސީތައް ބޭނުން ނުކުރެއްވުމަށް ވެސް ސުލްޠާން އިލްތިމާސް ކުރެއްވިއެވެ. އެފަދަ އެޖެންސީތައް މެދުވެރިކޮށް މަކަރާއި ހީލަތުގެ ޝިކާރައަކަށް ވެދާނެ ކަމަށް ސުލްޠާން ވިދާޅުވިއެވެ.

ސުލްޠާން ވިދާޅުވީ ޙައްޖުވެރީން ސައުދީ ސަރުކާރުގެ ގަވާއިދުތަކަށް ތަބާވެ، ސެލެންގޯ އާއި މެލޭޝިޔާގެ ރީތި ނަން ދެމެހެއްޓެވުމަށެވެ. އެއްވެސް ބާވަތެއްގެ މުޒާހަރާއެއް ނުވަތަ އިހުތިޖާޖެއްގައި ބައިވެރިވެވަޑައިނުގަތުމަށް ވެސް ގޮވާލެއްވިއެވެ.

ޝާހް ޢާލަމްގެ ސުލްޠާން ސަލާޙުއްދީން ޢަބްދުލްޢަޒީޒް ޝާހް މިސްކިތުގައި އިއްޔެ ބޭއްވި މި ކޯހުގައި 5,900 އަށް ވުރެ ގިނަ ޙައްޖުވެރީން ބައިވެރިވިއެވެ. މި ޙަފުލާގައި ބައިވެރިވެވަޑައިގެންނެވި، ދީނީ ކަންކަމާ ބެހޭ ވަޒީރު ޑރ. ޒުލްކިފްލީ ޙަސަން ވިދާޅުވީ، ހުޅަނގު އޭޝިޔާގެ ޖިއޮޕޮލިޓިކަލް މަސްރަހަށް ސަމާލުވެ، ޙައްޖު ފަންޑު (ތަބުން ހާޖީ) ގެ އެންގުންތަކަށް ތަބާވުމަށެވެ.

ސެލެންގޯ އިން މި އަހަރު 8,000 އަށް ވުރެ ގިނަ ޙައްޖުވެރީން، އޭޕްރީލް 18 އިން މެއި 20 އާ ދެމެދު ފުރާނެއެވެ. މުޅި މެލޭޝިޔާ އިން ޖުމްލަ 31,600 ޙައްޖުވެރީން ޙައްރަމައިން އަށް ގެންދިއުމަށް 100 ޗާޓަރޑް ފްލައިޓް ވަނީ ހަމަޖައްސައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް