ފަވާރަ ޚިދުމަތާ ގުޅޭ ޝަކުވާތަކަށް ޚާއްޞަ ހޮޓްލައިން 1544 ތައާރަފުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަވާރަ ޕޭމަންޓް ސިސްޓަމާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ޚާއްޞަ ހޮޓްލައިނެއް ކަމަށްވާ 1544 ތައާރަފުކޮށްފިއެވެ. އެ ހޮޓްލައިން އިފުތިތާހުކޮށްދެއްވީ އެމްއެމްއޭ...

11 Apr 2026 | 04:45
N/A

N/A

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަވާރަ ޕޭމަންޓް ސިސްޓަމާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ޚާއްޞަ ހޮޓްލައިނެއް ކަމަށްވާ 1544 ތައާރަފުކޮށްފިއެވެ.

އެ ހޮޓްލައިން އިފުތިތާހުކޮށްދެއްވީ އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި ގަވަރުނަރު އަހުމަދު މުނައްވަރެވެ. އެމްއެމްއޭއިން ބުނީ މި ހޮޓްލައިން ތައާރަފުކުރީ ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދޭ ޕޭމަންޓް ޚިދުމަތްތައް ރަނގަޅުކޮށް، ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން މައްސަލަ ހައްލުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. ހޮޓްލައިން މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތައް ބަލައި ހައްލުކުރާނީ ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މާލީ ޚިދުމަތްތަކާ ގުޅޭ ޝަކުވާތަކަށް މިހާރު ބޭނުންކުރާ ހޮޓްލައިން 1444 މެދުކެނޑުމެއް ނެތި ޚިދުމަތް ދެމުން ގެންދާނެއެވެ. އާ ހޮޓްލައިނަކީ ފަވާރަ އާއި ޕޭމަންޓް މޯލްޑިވްސް އިން ފޯރުކޮށްދޭ އެހެނިހެން ޕޭމަންޓް ޚިދުމަތްތަކަށް ޚާއްޞަ ހޮޓްލައިނެކެވެ.

އެމްއެމްއޭއިން ބުނީ މި ހޮޓްލައިންގެ ސަބަބުން ރާއްޖޭގެ ބެންކިން އަދި މާލީ ނިޒާމުގައި މުއާމަލާތް ކުރާއިރު ކަސްޓަމަރުންނަށް ދިމާވާ ދަތިތައް އަވަހަށް ހައްލުކޮށްދީ، ނިޒާމަށް އޮންނަ އިތުބާރު ވަރުގަދަ ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް