ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގައި މީހަކަށް އުމުރު ދުވަހުގެ ޖަލުހުކުމެއް އިއްވައިފި

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ މީހަކު 25 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ. މި ކުށް ސާބިިތުވީ ސ. މީދޫ ދަފްތަރު ނަންބަރު 07 ގެ ޢަބްދުލްވައްހާބު އަޙް...

10 Aug 2026 | 09:18
ފޮޓޯ: ޕޮލިސް

ފޮޓޯ: ޕޮލިސް

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ މީހަކު 25 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

މި ކުށް ސާބިިތުވީ ސ. މީދޫ ދަފްތަރު ނަންބަރު 07 ގެ ޢަބްދުލްވައްހާބު އަޙްމަދު (59އ) ގެ މައްޗަށެވެ. ޖަލު ހުކުމުގެ އިތުރުން 100000 ރުފިޔާގެ ޖޫރިމަނާއެއް ކޯޓުން ކުރި އެވެ.

މި ހުކުމް އަބްދުލްވައްހާބުގެ މައްޗަށް ކުރީ އިއްޔެ އެވެ. އެއީ ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުންނެވެ.

ފުލުހުންނަށް މި މައްސަލަ ހުށަހެޅީ 2021 ވަނަ އަހަރުގެ ޑިސެމްބަރު އެއް ވަނަ ދުވަހުއެވެ. ތަޙުޤީޤު ނިންމައި ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ 2022 ވަނަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހުއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް