މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ހުދު ސަމާލު ނެރެފި

މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ. މެޓު އޮފީހުން ބުނީ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވެނީ ނ. އަތޮޅުން ފެށިގެން ލ އަތަޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އެ ސަރަހައްދ...

10 Aug 2026 | 05:26
މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރޭ --

މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރޭ --

މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.

މެޓު އޮފީހުން ބުނީ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވެނީ ނ. އަތޮޅުން ފެށިގެން ލ އަތަޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އެ ސަރަހައްދުތަކަށް އޮތީ ހުދު ސަމާލު ނެރެފައި އެވެ.

ސަމާލު ނެރެފައިވަނީ ހެނދުނު 8:15 ން މެންދުރު ފަހު 2:00 އަށެވެ.

މެޓުން ބުނީ އެ ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

މެޓުގެ ރެކޯޑުތައް ދައްކާގޮތުން އިއްޔެވެސް ވަނީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ބޯކޮށްވާރޭވެހިފަ އެވެ. އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުމާލެއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް