ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް

ފުރަމާލޭ ބާޒާރުމަތީ ސަރަހައްދުގެ މަގު އިތުރަށް ފުޅާކޮށް ޒަމާނީ ފެންވަރަކަށް ހެދުމަށް ކުރިއަށްގެންދާ މަޝްރޫޢު ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީއިން ބުނެފިއެވެ....

10 Jan 2026 | 11:05
N/A

N/A

ފުރަމާލޭ ބާޒާރުމަތީ ސަރަހައްދުގެ މަގު އިތުރަށް

ފުޅާކޮށް ޒަމާނީ ފެންވަރަކަށް ހެދުމަށް ކުރިއަށްގެންދާ މަޝްރޫޢު ބާރު ސްޕީޑެއްގައި

ކުރިއަށްދާކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން މިއަދު ހާމަކުރި އަދާހަމަތަކަށް

ބަލައިލާއިރު މަޝްރޫޢުގެ ދެވަނަ ފިޔަވީގެ ދަށުން މިހާތަނަށް 48 މީޓަރުގެ ސަރަހައްދެއްގެ

ޝީޓް ޕައިލްކޮށް، ފެންހޮޅި އެޅުމުގެ 50 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ފެށި އެ

މަޝްރޫޢުގެ ދަށުން، ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރުގެ ނިޔަލަށް

250 މީޓަރުގެ ސަރަހައްދެއް ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާނެއެވެ. އަދި

އެއްގަމު ތޮށި ހަ މީޓަރަށް ބޭރަށް ޖައްސައި މަގު އިތުރަށް ފުޅާކުރާނެއެވެ.

މުޅި މަޝްރޫޢުގައި ބޮޑުތަކުރުފާނު މަގުން ހެންވޭރު

ފެރީ ޓާމިނަލާއި ހަމައިން ފެށިގެން ނޯތު ހާބަރާ ހަމައަށް އެކު ޖުމުލަ 1088

މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރާނެއެވެ. މަޝްރޫގެ ފުރަތަމަ ފިޔަވަހީގައި 140

މީޓަރުގެ ސަރަހައްދެއް މިހާރު ވަނީ ނިންމާފައެވެ.

އެމްޓީސީސީއިން އަމާޒު ހިފާފައިވަނީ ރޯދަ މަހުގެ

ކުރިން މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމައި އެ ސަރަހައްދު

ހުޅުވާލުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް