އިންޑިޔާ - ރަޝިޔާ ތެލުގެ ގުޅުން -
އިންޑިއާއަށް
އިޤްތިޞާދީ ގޮތުން މިވަގުތަށް އެންމެ ފައިދާހުރި ގޮތަކީ ރަޝިޔާއިން ތެޔޮގަތުން ކަމަށްވާތީ،
އެކަން ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމަށް އިންޑިއާގެ މާލީ ވަޒީރު ނިރްމަލާ ސިތާރަމަން
ވިދާޅުވެއްޖެއެވެ.
ރަޝިޔާ-ޔޫކްރެއިން
ހަނގުރާމައިގެ ސަބަބުން އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ރަޝިޔާގެ ތެޔޮ ގަތުން
ހުއްޓާލުމާއި ގުޅިގެން ރަޝިޔާއިން ވިއްކާ ތެލުގެ އަގު ވަނީ ދަށްވެފައެވެ. އަދި އެކަމުގެ
ފައިދާ ނަގައި، ކަނޑުމަގުން ރަޝިޔާގެ ތެޔޮ އެންމެ ގިނައިން އެތެރެކުރާ ގައުމަށް އިންޑިއާ
ވަނީ ވެފައެވެ. އިންޑިއާއަކީ ތެޔޮ އެންމެ ގިނައިން ބޭނުންކުރާ އެއް އިޤްތިޞާދެވެ. އެގޮތުން
ތެޔޮ އެތެރެކޮށް އަދި ބޭނުންކުރާ 3 ވަނައަށް އެންމެ ބޮޑު މާކެޓަކީ އިންޑިއާވެ.
އެމެރިކާ
ހިތްހަމަނުޖެހުނަސް އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނާނެކަމަށް ބުނެފައި މިވަނީ، ރަޝިޔާ
ތެޔޮ ގަންނަ މައްސަލައިގައި އެމެރިކާއަށް އެތެރެކުރާ އިންޑިއާ މުދަލުން ބޮޑު ޓެރިފެއް
ނެގުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވަނިކޮށެވެ. ދިރާސާކުރާ
ފަރާތްތަކުން ދެކޭ ގޮތުގައި މިއީ އިންޑިއާއަށް އެމެރިކާ ކުރިމަތީގައި ކުޑަކަކޫ ނުޖައްސައި،
ހަމައިސްކޮޅަށް ތެދުވެލުމަށް ލިބުނު ފުރުސަތެކެވެ.
އަނެއްކޮޅުން
އެމެރިކާއިން އުއްމީދުކުރަނީ 50 އިންސައްތަ ޓެރިފްގައި ހިފަހައްޓާނުލެވިގެން މަހެއް
ނުވަތަ ދެމަހެއްހާ ދުވަހުގެ ތެރޭގައި އިންޑިއާއިން މަޝްވަރާގެ މޭޒަށް ރައީސް ޓްރަމްޕް
އަރިހަށް އަންނާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް