ޕައިލެޓުގެ ލޮލަށް ލޭޒާ އައްޔެއް އެޅި މެލޭޝިއާ އެއާލައިންގެ ފްލައިޓެއް ޖެއްސުން ލަސްވެއްޖެ

މެލޭޝިއާގެ ކުއާލަ ލަމްޕޫރުން އިންޑިއާގެ ކަލްކަތާއަށް ރޭ ދަތުރު ކުރި ފްލައިޓެއްގެ ޕައިލެޓުގެ ލޮލަށް ލޭޒާ އައްޔެއް އެޅުމުން ފްލައިޓު ޖެއްސުން ލަސްވެއްޖެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ފްލައިޓު ޖެއްސުން ލ...

09 Aug 2026 | 10:34
ކަލްކަތާ އެއާޕޯޓު --

ކަލްކަތާ އެއާޕޯޓު --

މެލޭޝިއާގެ ކުއާލަ ލަމްޕޫރުން އިންޑިއާގެ ކަލްކަތާއަށް ރޭ ދަތުރު ކުރި ފްލައިޓެއްގެ ޕައިލެޓުގެ ލޮލަށް ލޭޒާ އައްޔެއް އެޅުމުން ފްލައިޓު ޖެއްސުން ލަސްވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ފްލައިޓު ޖެއްސުން ލަސްވީ  ބޭރުން އެޅުވި ލޭޒާ ބީމެއްގެ ސަބަބުން ކަމަށެވެ. އެ އަލީގެ ސަބަބުން ޕައިލެޓުގެ ލޮލަށް އަސަރު ކޮށް ޖައްސަން އޮތް ގަޑި ފަހަނައަޅާ ދިޔައީ ކަމަށެވެ.

ގަޑިއަށް ނުޖެއްސުނު ނަމަވެސް ފަސް މިނެޓު ފަހުން އެ ފްލައިޓު ފަހުން ވަނީ ރައްކާތެރި ކަމާއި އެކު ޖައްސާފައި އެވެ.

މި މައްސަލަ ކަލްކަތާ ވައިގެ ބަނދަރުން ވަނީ އެ ސަރަހައްދުގެ ފުލުހުންނަށް މައްސަލަ ހުށަހަޅާފައި އެވެ. ކޮލްކަތާ ވައިގެ ބަނދަރުގެ ޑައިރެކްޓަރު ވިކްރަމް ސިންހް ބުނީ ވައިގެ ބަނދަރު ހިމެނޭ ސަރަހައްދުގައި ލޭޒާ ލައިޓް ބޭނުންކުރުމަކީ މަނާ ކަމެއް ނަމަވެސް މިފަދަ ހާދިސާތައް އިރުއިރުކޮޅާ ހިނގައި ވައިގެ ދަތުރުފަތުރުގެ އޮޕަރޭޝަންތަކަށް ނުރައްކާ ވެދާނެ ކަމަށެވެ.

މީގެ ކުރީގެ ހާދިސާތަކުގައި ވެސް ޕައިލެޓުން ލޭޒާ ބީމްތަކާ ހެދި ފެނުމަށް އުނދަގޫވާ ކަމުގެ ޝަކުވާ ހުށަހަޅާފައިވެއެވެ. 2025 ވަނަ އަހަރުގެ ދުރްގާ ޕޫޖާ ފެސްޓިވަލް ތެރޭގައި ޝްރީބޫމީ ސްޕޯޓިން ކްލަބް ޕެންޑަލް ކައިރިން ބޭނުންކުރި ލޭޒާ ޝޯއެއްގެ ސަބަބުން ޕައިލެޓުންގެ ކަންބޮޑުވުން އުފެދި އެ ޝޯ ހުއްޓައިލާފައިވެއެވެ.

ގަދަ ލޭޒާ ދޯދިތަކުގެ ސަބަބުން ޕައިލެޓުގެ ފެނުން ވަގުތީ ގޮތުން ގެއްލި ޚާއްޞަކޮށް ބޯޓު ނައްޓައިލާ އަދި ޖައްސާ ވަގުތުގެ ނާޒުކު މަރުހަލާގައި ބޮޑެތި ނުރައްކާ ކުރިމަތިވެދާނެ ކަމަށް ކަމާ ބެހޭ ފަރާތްތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް