އެމްއެމްއޭ ވެބްސައިޓް ޑައުންވި މައްސަލަ ހައްލުކޮށް ސެކިއުރިޓީ ވަރުގަދަ ކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރަސްމީ ވެބްސައިޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ. އެމްއެމްއޭ އިން ނެރުނު މީޑިއާ ބަޔާނ...

09 May 2026 | 14:09
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) -

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) -

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރަސްމީ ވެބްސައިޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

އެމްއެމްއޭ އިން ނެރުނު މީޑިއާ ބަޔާނެއްގައި ބުނީ mma.gov.mv ވެބްސައިޓަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށް ޚިދުމަތް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ މަސައްކަތް ޚިދުމަތްދޭ ފަރާތާ ގުޅިގެން ކުރަމުންދާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. ވެބްސައިޓް ޑައުންވި ސީދާ ސަބަބެއް އެމްއެމްއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް