"ސާބަސް ޔަންމާ ޕްރޮމޯ 2026" ފަށައިފި

"ސާބަސް ޔަންމާ ޕްރޮމޯ 2026" އިފްތިތާޙު ކޮށްފިއެވެ. މި ޕޮރޮމޯ ފެށީ މޯލްޑިވްސް މެރިން އެކްސްޕޯގެ ހަވާސާގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ޕްރޮމޯ ފައްޓަވައިދެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑ...

08 Feb 2026 | 06:25
"ސާބަސް ޔަންމާ ޕްރޮމޯ 2026" އިފްތިތާޙު ކުރުމުގެ ހަފްލާގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

"ސާބަސް ޔަންމާ ޕްރޮމޯ 2026" އިފްތިތާޙު ކުރުމުގެ ހަފްލާގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

"ސާބަސް ޔަންމާ ޕްރޮމޯ

2026" އިފްތިތާޙު ކޮށްފިއެވެ. މި ޕޮރޮމޯ ފެށީ މޯލްޑިވްސް މެރިން އެކްސްޕޯގެ ހަވާސާގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

މި ޕްރޮމޯ ފައްޓަވައިދެއްވީ، އެ

ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ. މީގެ އިތުރުން މި

ޕްރޮމޯޝަން ކުރިއަށްދާނީ 15 ފެބްރުއަރީ އިން ފެށިގެން 31 މާރޗް 2026 ގެ ނިޔަލަށްކަމަށް

އެ ކުންފުނިން ވަނީ ބުނެފައެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ އިން މި ފެށި ޕްރޮމޯޝަންގެ މަގުސަދަކީ ކަސްޓަމަރުންނަށް

ޑިސްކައުންޓާއެކު އެމްޓީސީސީގެ ޔަންމާ އިންޖީނު ވިއްކުމެވެ. އަދި މި ޕްރޮމޯގެ

ދަށުން ބައްލަވައިގަންނަވާ ކޮންމެ ޔަންމާ އިންޖީނަކަށް އަށް ޕަސެންޓްގެ ޑިސްކައުންޓެއް

ލިބިވަޑައިގަންނަވާނެކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން މި ޕްރޮމޯގައި

ބައިވެރިވެވަޑައިގަތުމަށް 10 ޕަސެންޓްގެ ބުކިންގ ފީ އެއް 31 މާރޗް ގައި ނުވަތަ އެ

ދުވަހުގެ ކުރިން ދައްކަވާ އިންޖީނު އޯޑަރ ޔަޤީން ކުރައްވަން ޖެހޭނެކަމަށްވެސް ވަނީ

ބުނެފައެވެ.

އެމްޓީސީސީއަކީ "މޯލްޑިވްސް މެރިން އެކްސްޕޯ 2026" ގެ ކޯ-

ސްޕޮންސަރެކެވެ. މި އެކްސްޕޯގައި އެމްޓީސީސީގެ ސްޓޯލުން އައު މެރިން

އުފެއްދުންތަކާއި ޙިދުމަތްތައް ތަޢާރަފު ކުރާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި އެމްޓީސީސީގެ ވިޔަފާރީގެ ބައިވެރިން

ކަމުގައިވާ ޔަންމާއާއި ކާސްޓްރޯލް ކުންފުނިތަކުގެ އިސް ވެރިންނާއެކު ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވެ، އަގުހުރި މަޢުލޫމާތުތަކެއް

ޙިއްސާ ކުރާނެކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އެމްޓީސީސީ ކަށަވަރު ފޭސްބުކް ޕޭޖް

މެދުވެރިކޮށް ލަކީ ޑްރޯއެއް ގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު 5 ފެބްރުއަރީ 2026 އިން

ފެށިގެން ވަނީ ހުޅުވާލެވިފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި ލަކީ

ޑްރޯ ކާމިޔާބު ކުރައްވާ ފަރާތުގެ ނަން 8 ފެބްރުއަރީ 2026 ގައި މޯލްޑިވްސް މެރިން އެކްސްޕޯ ގެ ހަވާސާގައި

އިއުލާނު ކުރާނެއެވެ. އަދި އެފަރާތަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިވަޑައިގަންނަވާނެކަމަށްވެސް އެ ކުންފުނިން

ވަނީ މަޢުލޫމާތު ދީފައެވެ.

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް

ހޯދައިދިނުމެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަންތައް ބޭއްވުމާއި،

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އިންޖީނުތައް ރަނގަޅަށް

ބެލެހެއްޓުމާއި، ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުމުގެ ހަރަކާތްތައް މި

ކުންފުނިން އަބަދުވެސް ރާވައި ހިންގަމުން ގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް