ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ބުރާސްފަތިދުވަހު

ލޯކަލް ކައުންސިލް އިންތިޙާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޙާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުން މި ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެ...

08 Feb 2026 | 05:24
N/A

N/A

ލޯކަލް ކައުންސިލް އިންތިޙާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ

ކޮމިޓީގެ އިންތިޙާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުން މި

ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.

އޭޕްރިލް މަހު ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޙާބާއި

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޙާބުގައި 2،994 ކެނޑިޑޭޓުން

ވާދަކުރާއިރު، އިންތިޙާބުގެ ކަންކަން ވަކި ގޮތަކަށް ކުރަމުންދާއިރު މިހާރު

ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ގުރުވަތުލުން މި ހަފްތާގެ ބުރާސްފަތި ދުވަހު

ނެގުމަށް ވަނީ ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިންތިޙާބާއި ގުޅޭ ޝަކުވާތައް ބަލައިގަތުމަށް ޤައުމީ

އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއް ޤާއިމުކޮށްފައިވާއިރު، މިހާތަނަށް

ހަތަރު ޝަކުވާއެއް ވަނީ ހުށަހަޅާފައެވެ. އަދި އެ ޝަކުވާތަކުގެ ޖަވާބުވެސް ދީފައިވާކަމަށް

ކޮމިޝަނުން ވަނީ ބުނެފައެވެ. އިންތިޙާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ގުރުއަތުލުން ބުރާސްފަތި

ދުވަހު ބާއްވާއިރު ބައެއް ކައުންސިލްތަކާއި، އަންހެނުންގެ ކޮމިޓީތަކަށް އިންތިޙާބަކާއި

ނުލައި ބައެއް ބޭފުޅުން ވަނީ ހޮވިފައެވެ. ނަމަވެސް އެކަން މުޅިން ސާފުވާނީ އިންތިޙާބުގައި

ވާދަކުރާ ކެނޑިޑޭޓުންގެ މެދުގައި ބާއްވާ ގުރުއަތުލުމަށްފަހުގައިކަމަށް އިލެކްޝަންސް

ކޮމިޝަންއިން ވަނީ ބުނެފައެވެ.

މިފަހަރު އިންތިޙާބުގައި ހަ ސިޔާސީ ޕާޓީއަކުން ވާދަކުރެވެ. ސިޔާސީ ޕާޓީތަކުން

1210 ކެނޑިޑޭޓުން ވާދަކުރަމުންދާއިރު އަމިއްލަ ގޮތުން ވާދަކުރަނީ 401 ކެނޑިޑޭޓުންނެވެ.

މިފަހަރު އިންތިޙާބުގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ކޮންގްރެސް

ޕާޓީއިންނެވެ. ކައުންސިލްތަކަށް ޖުމްލަ 678 ކެންޑިޑޭޓުން އިންތިޚާބުކުރާއިރު

ވެރިކަންކުރާ ކޮންގްރެސް ޕާޓީން ކައުންސިލް އިންތިޚާބުގައި 665 ކެންޑިޑޭޓުން

ވާދަކުރެއެވެ.

މި އިންތިޚާބުގައި

ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން

އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް

މެންބަރުން އިންތިޚާބު ކުރާނެއެވެ. މި އިންތިޚާބުގައި 294,937 މީހުންނަށް

ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ.

މި އިންތިޚާބުވެސް

އަމާންކަމާއި އޮމާންކަމާއިއެކު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ގެންދަނީ

އެތަކެއް މަސައްކަތްތަކެއް ކުރައްވަމުންކަމަށް އެ ކޮމިޝަންއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް